އެންޓޯނިއޯ ބަންޑަރޭސް އަށް ކޮވިޑް ޖެހިއްޖެ
ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާކަން އެކްޓަރު އެންޓޯނިއޯ ބަންޑޭރަސް ހާމަކޮށްފިއެވެ.
ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާކަން އެންޓޯނިއޯ ހާމަކުރީ މިމަހުގެ 10 ވަނަ ދުވަހުއެވެ. މިއީ އޭނާއަށް 60 އަހަރު ފުރުނު ދުވަހެވެ.
އެންޓޯނިއޯ ބުނީ އޭނާ ކޮވިޑް-19 އަށް ޕޮޒިޓިވްވުމާއި ގުޅިގެން، 60 ވަނަ އުފަންދުވަސް ފާހަގަކުރަން ޖެހިފައިވަނީ ކަރަންޓީންގައި ހުރެގެން ކަމަށެވެ. ކުޑައިރުގެ ފޮޓޯއެއް ހިއްސާކުރަމުން އެންޓޯނިއޯ ބުނި ގޮތުގައި އޭނާގެ ހާލު ރަނގަޅެވެ. ނަމަވެސް ވަރުބަލިކަން އިހުސާސް ކުރެވޭ ކަމަށް އޭނާ ވަނީ ބުނެފައެވެ.
ކަރަންޓީންގައި ހުންނައިރު ކިޔުމާއި، ލިޔުން އަރާމު ކުރާނެ ކަމަށް އެންޓޯނިއޯ ވަނީ ބުނެފައެވެ.
އެންޓޯނިއޯ ވަނީ 1998 ވަނަ އަހަރު ރިލީޒްކުރި ފިލްމް "ދަ މާސްކް އޮފް ޒޯރޯ" އަދި 2005 ވަނަ އަހަރު ރިލީޒްކުރި ފިލްމް "ދަ ލެޖެންޑް އޮފް ޒޯރޯ" ގައި ޒޯރޯގެ ރޯލު ކުޅެފައެވެ. އޭގެ އިތުރުން ޕުސް އިން ބޫޓްސްގެ ކެރެކްޓާއަށް އަޑު އަޅައިދީފައިވަނީވެސް އެންޓޯނިއޯއެވެ.