ދޭ ދޭ ޕިޔާރު ދޭގެ މަންޒަރެއް

"ދޭ ދޭ ޕިޔާރު ދޭ" އަށް 56 ކްރޯޑް ރުޕީސް

އަޖޭ ދޭވްގަން އާއި ތައްބޫ އަދި ރަކުލް ޕްރީތު ލީޑް ރޯލް ކުޅެފައިވާ ރޮމޭންޓިކް ކޮމެޑީ ފިލްމް "ދޭ ދޭ ޕިޔާރު ދޭ" އަށް ފުރަތަމަ ހަފުތާގައި 56.5 ކްރޯޑް ރުޕީސް ލިބިއްޖެއެވެ.

މިމަހުގެ 17 ވަނަ ދުވަހު އިންޑިއާގައި ރިލީޒްކުރި ފިލްމަށް ފުރަތަމަ ދުވަހުވެސް 10 ކްރޯޑް ރުޕީސް ވަނީ ލިބިފައެވެ. މި ފިލްމަށް ކްރިޓިކުންނާއި ބެލުންތެރިންގެ ލޯބިވެސް ވަނީ ލިބިފައެވެ.

މި ފިލްމްގައި އަޖޭ ފެނިގެންދާނީ އުމުރުން 50 އަހަރުގެ ބައްޕައެއްގެ ރޯލުންނެވެ. އުމުރުން 26 އަހަރުގެ އަންހެނެއް ދެކެ އަޖޭއަށް ލޯބިވެވުމުގެ ސަބަބުން ހިނގާ ކަންތައްތަކެއް މި ފިލްމުން ފެނިގެންދެއެވެ.

"ދޭ ދޭ ޕިޔާރު ދޭ" ރިލީޒްްކުރިތާ އެއް ދުވަސް ނުވަނީސް "ޓެމިލްރޮކާސް" އިން ވަނީ އެ ފިލްމް ލީކްކޮށްލާފައެވެ.