އެވާރޑް (ކ) ގައި ގިނިސް ވޯލްޑް ރެކޯޑްގެ ލިޔުމާއެކު،

އެންމެ ބާރަށް ކުރޮޅި ދުއްވައިގެން ރެކޯޑެއް ހަދައިފި

ކުރޮޅި ނުވަތަ ޓުކް-ޓުކް އެންމެ ބާރަށް ދުއްވައިގެން ދުނިޔޭގެ ރެކޯޑެއް ހަދައިފިއެވެ.

މެޓް އެވާރޑް، 46، އެ ރެކޯޑް ހަދާފައިވަނީ ގަޑިއަކު 119.5 ކިލޯމީޓަރުގައި ކުރޮޅި ދުއްވައިގެންނެވެ. އެ ރެކޯޑް ހަދާފައިވަނީ އެލްވިންގްޓޮން އެއާފީލްޑްގައެވެ.

ރިޕޯޓްތައް ބުނާ ގޮތުން ރެކޯޑް ހެދުމަށް އެވާރޑް ބޭނުންކުރި ކުރޮޅިއަކީ އޭނާ އީބޭއިން ގަތް އެއްޗެކެވެ. ރެކޯޑް ހަދާއިރު، ފަސިންޖަރަކު އެ ކުރޮޅީގައި އިންނަން ޖެހޭއިރު، ފަސިންޖަރެއްގެ ގޮތުގައި ކުރޮޅީގައި އިނީ އެވާރޑްއާއި ދެބެއިންގެ ދެ ދަރި މީހެކެވެ.

ކުރޮޅި ގަތުމަށްފަހު، އެ ކުރޮޅި މޮޑިފައިކުރުމަށް އެވާރޑް ވަނީ 20،000 ޕައުންޑް ހޭދަކޮށްފައެވެ.