ދުނިޔޭގެ އެންމެ ބޮޑު މެއިލްބޮކްސް

މިއީ ދުނިޔޭގެ އެންމެ ބޮޑު މެއިލްބޮކްސް

މިއީ އާދައިގެ މެއިލްބޮކްސެއް ނޫނެވެ. މިއީ މިވަގުތު ދުނިޔޭގައި ހުރި އެންމެ ބޮޑު މެއިލްބޮކްސެވެ.

ބޮޑުމިނުގައި 162.63 ކިއުބިކްމީޓަރު ހުންނަ މި މެއިލްބޮކްސް އުފެއްދީ އެމެރިކާގެ ރައްޔިތެއް ކަމުގައިވާ ޖިމް ބޮލިންނެވެ. މެއިލްބޮކްސަށް އެރުމަށް ހާއްސަ ސިޑިއެއް ތައްޔާރުކޮށްފައިވާއިރު އެއްވެސް ދަތިކަމެއް ނެތި އެއް ފަހަރާ ފަސް މީހުންނަށް މި މެއިލްބޮކްސްގައި ތިބެވޭނެއެވެ.

ދުނިޔޭގެ އެންމެ ބޮޑު މެއިލްބޮކްސްގެ ގޮތުގައި މި މެއިލްބޮކްސް ކަނޑައެޅި ގިނިސް ވޯލްޑް ރެކޯޑް ފޮތުން ޖާގަ ހޯދީ 2015 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 20 ވަނަ ދުވަހުއެވެ.