ކެމެރާއެއް ސިފަވާ ގޮތަށް އެއްވެ ތިބެ ހެދި ރެކޯޑް

ކެމެރާއެއް ސިފަވާ ގޮތަށް ބަޔަކު އެތުރުމުން މިވަނީ އެކަން ދުނިޔޭގެ ރެކޯޑަކަށްވެފައެވެ. މިއީ ކެމެރާއެއް ސިފަވާ ގޮތަށް މިހާތަނަށް އެންމެ ގިނަ ބަޔަކު އެތުރިތިބި ފަހަރެވެ.

އިޓަލީގައި ހެދި މި ރެކޯޑްގައި، 1454 މީހުން ވަނީ ކެމެރާއެއް ސިފަވާ ގޮތަށް ތިބެފައެވެ. މި ރެކޯޑް ހަދާފައިވަނީ 2017 ވަނަ އަހަރުގެ ޖޫން މަހުގެ 17 ވަނަ ދުވަހުއެވެ. ހިތްވަރެއް ކޮށްލައިފި ނަމަ މި ރެކޯޑް ރާއްޖެއަށް މުގުރާލެވިދާނެއެވެ.