ސާޖިއޯ އޭނާގެ ނޫސް ކަލެކްޝަން ދައްކާލަނީ: ފޮޓޯ ގިނިސް ވޯލްޑް ރެކޯޑް

އެކި ނަންނަމުގެ ނޫސް ހިމެނޭ ގޮތަށް، އެންމެ ގިނަ ނޫސް އެއްކުރި މީހާ

މިއީ އިޓަލީގެ ސާޖިއޯ ބޮޑީނިއެވެ. ގިނިސް ވޯލްޑް ރެކޯޑް ފޮތުން ސާޖިއޯ ޖާގަ ހޯދީ ޗާޕުކޮށްގެން ނެރޭ ނޫސްތަކުގެ ތެރެއިން، އެކި ނަންނަމުގެ ނޫސް ހިމެނޭ ގޮތަށް އެންމެ ގިނަ ނޫސް އެއްކުރި މީހާގެ ގޮތުގައެވެ.

ގިނިސް ވޯލްޑް ރެކޯޑުން ހާމަކުރި ގޮތުގައި ސާޖިއޯގެ ކަލެކްޝަންގައި 115 ގައުމެއްގެ ނޫސް ހިމެނެއެވެ. އޭގެ ތެރޭގައި ތަފާތު އެކި ނޫސް އިދާރާތަކުން ނެރެފައިވާ 1،444 ނޫސް ހިމެނެއެވެ. މިއިން ކޮންމެ ނޫހަކީވެސް ވަކި ނަމެއް ކިޔާ ނޫހެކެވެ.

ޗާޕްކޮށްގެން ނެރޭ ނޫސް އެއްކުރުމުގެ މަސައްކަތް ސާޖިއޯ ފަށާފައިވަނި އޭނާގެ އުމުރުން 10 އަހަރުގައި، 1980 ވަނަ އަހަރުއެވެ.

ގިނިސް ވޯލްޑް ރެކޯޑުން ކުރި ސުވާލަކަށް ޖަވާބު ދެމުން ސާޖިއޯ ވަނީ އޭނާގެ ކަލެކްޝަން އިތުރުކުރުމަށް ބޭނުންވާކަން ހާމަކޮށްފައެވެ.