މިއީ ދުނިޔޭގައި ހުރި އެންމެ ކުރު ފިރިހެނާ

ދުނިޔޭގައި މިވަގުތު ހުރި އެންމެ ކުރު ފިރިހެނަކީ ނޭޕާލްގެ ރައްޔިތެއް ކަމުގައިވާ ހަގެންޑްރާ ތަޕަ މަގަރެވެ.

ހަގެންޑްރާ އުފަންވެފައިވަނީ 1992 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 14 ވަނަ ދުވަހުއެވެ. އޭނާއަކީ ދުނިޔޭގައި ހުރި އެންމެ ކުރު މީހާގެ ގޮތުގައި ގިނިސް ވޯލްޑް ރެކޯޑުން އިއުލާނު ކުރީ 2010 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 14 ވަނަ ދުވަހުއެވެ.

އޭރު އޭނާގެ އިސްކޮޅުގައި ހުރީ 67.08 ސެންޓި މީޓަރެވެ. އެއީ ދެ ފޫޓު 2.41 އިންޗިއެވެ.