ދުނިޔޭގެ ރެކޯޑެއް: މީހެއްގެ ދަތެއްގައި 3.72 ސެންޓި މީޓަރު

މީހެއްގެ އަނގައިން، ދިގުމިނުގައި 3.72 ސެންޓިމީޓަރު ހުރި ދަތެއް ނަގައިފިއެވެ.

މި ދަތް ނަގާފައިވަނީ ޖަރުމަނުގެ ކްރޯޓިއާ މިޖޯ ވޮޑޮޕިޖާ ނަމަކަށް ކިޔާ މީހެއްގެ އަނގައިން މިދިޔަ މަހުގެ ތެރޭގައެވެ. އިންސާނެއްގެ އަނގައިން ނެގުނު އެންމެ ދިގު ދަތާއެކު، މިޖޯއަށް ވަނީ ގިނިސް ވޯލްޑް ރެކޯޑް ފޮތުން ޖާގަ ލިބިފައެވެ.

ގިނިސް ވޯލްޑް ރެކޯޑުން ބުނި ގޮތުގައި މިޖޯ ޑޮކްޓަރަށް ދައްކަން ދިޔައީ ދަތުގައި ރިއްސާތީއެވެ.

ދަތް ނެގި ޑޮކްޓަރު މެކްސް ލުކާސް ބުނި ގޮތުގައި ދަތް ނެގީ އިންފެކްޝަން އުފެދިފައިވާތީއެވެ. ދަތް ނެގުމަށް 10 މިނެޓް ހޭދަވި ކަމަށްވެސް ޑޮކްޓަރު ވަނީ ބުނެފައެވެ.