ރެކޯޑް ގާއިމުކުރުމުން ގިނިސް ވޯލްޑް ރެކޯޑުން ދިން ސެޓްފިކެޓާއެކު ރައީސް އަދި ޓޫރިޒަމް މިނިސްޓަރު: ފޮޓޯ ރައީސް އޮފީސް

ފްރީޑައިވިން ރެކޯޑް ރާއްޖެއަށް

އެންމެ ގިނަ މީހުން އެއްފަހަރާ ފްރީޑައިވް ކުރުމުގެ ދުނިޔޭގެ ރެކޯޑް ރާއްޖެއިން މިއަދު މުގުރާލައިފިއެވެ.

ޓޫރިޒަމް ދުވަހާއި ގުޅިގެން ބަރޮސް މޯލްޑިވްސްގައި ކުރިއަށް ގެންދިޔަ އެ ހަރަކާތުގައި، އެ ރެކޯޑް ރާއްޖެއިން މުގުރާލީ 500 އަށްވުރެ ގިނަ މީހުންނާއެކު 30 ސިކުންތު ވަންދެން މޫދު އަޑީގައި ތިބެގެންނެވެ.

ރެކޯޑް ގާއިމުކުރުމަށް ކުރިއަށް ގެންދިޔަ ހަރަކާތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއި ފްރީ ޑައިވިން އިން ދުނިޔޭގެ އެއްވަނަ ދެފަހަރު ހޯދާފައިވާ ވިލިއަމް ޓްރޫ ބްރިޖް ބައިވެރިވިއެވެ.

ރާއްޖެއިން މި ރެކޯޑް މުގުރާލުމުގެ ކުރިން މި ރެކޯޑް އޮތީ އިޓަލީގައެވެ. އިޓަލީން އެ ރެކޯޑް ހެދީ 2009 ވަނަ އަހަރު 280 މީހުންނާއެކުގައެވެ.