ކްރިތީ

ކްރިތީ ކޮވިޑަށް ޕޮޒިޓިވްވެއްޖެ

އިންޑިއާގެ އެކްޓްރެސް ކްރިތީ ސެނަން ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

ކްރިތީ ކޮވިޑަށް ޕޮޒިޓިވްވެފައިވާކަން އޭނާ އާ ގާތް މަސްދަރަކުން ހާމަކޮށްފައިވާ ކަމަށް ފިލްމްފެއާ އިން ވަނީ ރިޕޯޓްކޮށްފައެވެ. ނަމަވެސް އެކަމާ ގުޅޭ ގޮތުން ކްރިތީ މިހާތަނަށް އެއްވެސް އެއްޗެއް ބުނެފައި ނުވެއެވެ.

ރިޕޯޓްތައް ބުނާ ގޮތުން، ޗަންދިގަރްގައި ފިލްމެއް ޝޫޓްކުރަމުންދިޔަ ކްރިތީ މިހާރު ވަނީ އެނބުރި މުމްބާއީއަށް ގޮސްފައެވެ. މި ފިލްމްގައި ކްރިތީއާއެކު ފެނިގެންދާނީ ރާޖްކުމާރް ރާއޯއެވެ.

އުމުރުން 30 އަހަރުގެ ބަތަލާ ކުޅެފައިވާ ފިލްމްތަކުގެ ތެރޭގައި ހީރޯޕަންތީ، ދިލްވާލޭ އަދި ހައުސްފުލް 4 ހިމެނެއެވެ.