ދުނިޔޭގެ އެންމެ އުސް ސޭންޑް ކާސަލް!

ޖާމަނީގެ ބިންޒްގައި އޮންނަ "ސޭންޑް ސްކަލްޕްޓަރން ފެސްޓިވަލް" ގައި މިދިޔަ ޖޫން މަހު ދުނިޔޭގެ އެންމެ އުސް ސޭންޑް ކާސަލް ވަނީ ހަދާފައެވެ. މި ސޭންޑް ކާސަލްގެ އުސް މިނުގައި 17.65 މީޓަރު ހުރެއެވެ. 11،000 ޓަނުގެ ވެލި ބޭނުންކޮށްގެން ކާސަލް ހެދުނީ 3 ހަފްތާގެ މުއްދަތުންނެވެ.

މި ކާސަލް ހެދުމުގައި ދުނިޔޭގެ އެކި ހިސާބު ތަކުގެ 12 ސްކަލްޕްޓަރުންނާއި 8 ޓެކްނިޝަނުން ބައިވެރިވެފައިވެއެވެ. މި ޓީމުގެ ލީޑަރަކީ ތޯމަސް ވެން ޑެން ޑުންގެންއެވެ. އެންމެ ދިގު ވެލީގެ ސްކަލްޕްޗާގެ ރެކޯޑާއި އެއްގަޑިއިރު ތެރޭގައި އެންމެ ގިނަ ސޭންޑް ކާސަލް އެޅި މީހާގެ ރެކޯޑުގައިވެސް ޑުންގެންގެ ހިއްސާއެއް ވެއެވެ.

މީގެ ކުރިން ދެ ފަހަރަކު އެންމެ އުސް ސޭންޑް ކާސަލް އަޅަން ޑުންގެންވަނީ އުޅެފައެވެ. 2017 ވަނަ އަހަރު މި ރިކޯޑު ހަދަން މަސައްކަތް ކުރި ފަހަރު ކާސަލް ނިމެން 3 ދުވަހަށް ވެފައި ވަނިކޮށް އޭތި ވެއްޓުނީއެވެ. މިދިޔަ އަހަރު ކާސަލް މޫދަށް ގިރުނީއެވެ.