މިއީ އެންމެ ގިނަ ޖަވާހިރު ބޭނުންކޮށްގެން އުފެއްދި ފާހާނާ ތަށި

ރަނާއި ޖަވާހިރު ބޭނުންކޮށްގެން މިހާރުވެސް ފާހާނާ ތަށި އުފައްދާފައި އެބަ ހުއްޓެވެ. ނަމަވެސް މިއީ މިހާތަނަށް އެންމެ ގިނަ ޖަވާހިރު ބޭނުންކޮށްގެން އުފައްދާފައިވާ ފާހާނާ ތަށީގެ ގޮތުގައި، ގިނިސް ވޯލްޑް ރެކޯޑް ފޮތުން ޖާގަ ހޯދާފައިވާ ފާހާނާ ތަށްޓެވެ.

ގިނިސް ވޯލްޑް ރެކޯޑްސް އިން ހާމަކުރި ގޮތުގައި މި ފާހާނާ ތަށީގައި 40،815 ޖަވާހިރުކޮޅު ބޭނުންކޮށްފައިވެއެވެ.

ހޮންގް ކޮންގްގެ ކުންފުންޏެއް ކަމަށްވާ އާރޮން ޝުމް ޖުވެލަރީ އާއި ސްވިސް ބްރޭންޑް ކޮރޯނެޓް ގުޅިގެން އުފެއްދި މި ފާހާނާ ތަށީގައި ބޭނުންކޮށްފައިވާ ޖަވާހިރުގެ ބަރުދަނުގައި 334.68 ކެރެޓްސް (66.936 ގްރާމް) ހުރެއެވެ.

މި ފާހާނާ ތަށީގެ އަގު 1.28 މިލިއަން އެމެރިކާ ޑޮލަރަށް އަރައެވެ.