ފުންނާބު ފަޅައިގެން ދަނީ ކީއްވެ؟

ބައެއް މީހުންނަށް ހީވެފައި އޮންނަނީ، ފުންނާބު ފަޅައިގެން ދަނީ ހަންގަނޑު ހިކުމުގެ ސަބަބުން ކަމަށެވެ. ނަމަވެސް ފުންނާބު ފަޅައިގެން ދިއުމަށް މެދުވެރިވާ ގިނަ ސަބަބުތަކެއް ހުރެއެވެ.

މި ލިޔުމުގައި މި ބަލައިލަނީ، ފުންނާބު ފަޅައިގެން ދިއުމަށް މެދުވެރިވާ ބައެއް ސަބަބުތަކަށެވެ.

ބަރުދަން އިތުރުވުން

މުޅި ހަށިގަނޑުގެ ބަރުދަން އުފުލައިދެނީ ފައިތިލައިންނެވެ. އެހެންކަމުން ބަރުދަން އިތުރުވުުމުން، ހަށިގަނޑު ބެލެންސް ކުރުމަށްޓަކައި ފައިތިލައިން އިތުރަށް ބާރުލުމުގެ ސަބަބުން، ހަންގަނޑު ހިކި ފަޅައިގެން ދިޔުމަށް މެދުވެރިވެއެވެ. އެހެންކަމުން އިސްކޮޅާއި އުމުރާއި އެކަށީގެންވާ މިންވަރުގައި ބަރުދަން ބެހެއްޓުން މުހިންމެވެ.

ވިޓަމިން މަދުވުން

ބައެއް ބާވަތުގެ ވިޓަމިންސް އަދި މިނަރަލްސް މަދުވުމުގެ ސަބަބުން، ހަމުގެ މަސައްކަތްތައް އެންމެ ފުރިހަމައަށް ނުކުރެއެވެ. އަދި ހަންގަނޑު ތުނިވެ ހިކެން މެދުވެރިވެއެވެ. މިކަން ހައްލު ކުރުމަށް، ހަށިގަނޑަށް ބޭނުންވާ މިންވަރަށް ވިޓަމިން އެކުލެވޭ ކާނާތައް ގަވާއިދުން ކާށެވެ. ހާއްސަކޮށް ވިޓަމިން އޭ، ވިޓަމިން ބީ3، ވިޓަމިން ސީ އަދި ވިޓަމިން އީ ހިމެނޭ ކާނާ ކެއުމަށް ހާއްސަ ސަމާލުކަމެއް ދޭށެވެ.

އެރޭ ފައިވާނުގެ ސަބަބުން

ފުންނާބު ނުފޮރުވޭ ފައިވާނަށް އަރާނަމަ، ފައިތިލައިގެ ދަށްފުށުގައި ހުންނަ ސަރުބީތައް ދެ އަރިމައްޗަށް ޖަމާވެއެވެ. މިހެންވުމުގެ ސަބަބުން ފުންނާބު ފަޅައިގެންދާން މެދުވެރިވެއެވެ. ފުންނާބު އުސްކުރި ފައިވާނަށް އަރާނަމަވެސް ފުންނާބުގައި ރިއްސުމުގެ އިތުރުން ފުންނާބު ފަޅައިގެން ދިޔުމަށް މެދުވެރިވެދާނެއެވެ.

ގިނަ ވަގުތު ކޮށްޅަށް ހުރުން

މާގިނަ ވަގުތު ކޮށްލަށް ހުރުމުން ފަޔަށްލެވޭ ބާރުގެ ސަބަބުން ފުންނާބުގެ ހަންގަނޑަށް ސްޓްރެސްވެ ފުންނާބު ފަޅައިގެން ދިޔުން އެކަށީގެންވެއެވެ.