ސްމާޓްފޯނުން ކުދިންނަށް ލިބޭ ގެއްލުން އެނގޭތަ؟

ޒަމާން ބަދަލުވެއްޖެއެވެ. މިހާރުގެ ކުޑަކުދިން ބޮޑެތިވަމުން އަންނަނީ ސްމާޓްފޯނާއި ޓެބްލެޓާއި ކުޅެމުންނެވެ. މިހާރުގެ ގިނަ ކުޑަކުދިން އުނގެނި، ގޭމްކުޅެނީވެސް ސްމާޓްފޯނާއި ޓެބްލެޓުންނެވެ.

ސްމާޓްފޯނާއި ޓެބްލެޓާއި ކުޅުމުގައި ބައެއް ކުދިން ވަރަށް ގިނަ ވަގުތު ހޭދަކުރެއެވެ. ނަމަވެސް މިއީ ވަރަށް ގިނަ ގޮތް ގޮތުން ގެއްލުން ލިބޭ ކަމެކެވެ.

ދިރާސާ ކުރާ ފަރާތްތަކުން ބުނާ ގޮތުގައި، ކުޑަކުދިން ކުޅެން ސްމާޓްފޯނާއި ޓެބްލެޓް ދިނުމަކީ އެ ކުދިންނާއި ބެލެނިވެރިންނާ ދެމެދު އޮންނަ ގުޅުން ހީނަރުވާ ކަމެކެވެ. އެހެން ކަމުން ބެލެނިވެރިންވެސް ކުދިންނާއެކު ވަގުތު ހޭދަކުރާއިރު ސްމާޓްފޯނާއި ޓެބްލެޓާއި ދުރުވުމަށް ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.

ސްމާޓްފޯނާއި ޓެބްލެޓް ފަދަ ޑިވައިސްތަކުގެ ސަބަބުން، ކުދިންގެ ހުނަރުވެރިކަމަށްވެސް ނޭދެވޭ އަސަރުކުރެއެވެ. އޭގެ އިތުރުން މިފަދަ ޑިވައިސްތަކުގެ ސަބަބުން ކުދިން ނިދުމާއި ދުރުވާ ކަމަށް ދިރާސާތަކުން ދައްކައެވެ.

ކުޑަކުދިން، މިފަދަ ޑިވައިސްތަކަށް ދެވި ހިފުމަކީވެސް އާންމުކަމެކެވެ. އެފަދަ ކަމެއް ވެއްޖެ ނަމަ، ހެލިފެލިވެ އުޅުމާއި ކުދިން ދުރުވެއެވެ. ނަތީޖާއަކީ ކަސްރަތުކުރުމާއި ކުދިން ދުރުވުމެވެ. އޭގެ ސަބަބުން ކުދިން ބަރުހެލިވެއެވެ.