ގްރިލްޑް ޗީޒް ސޭންޑްވިޗް

ގްރިލްޑް ޗީޒް ސޭންޑްވިޗް ހަދަން ބޭނުންވާނެ ތަކެތި:

2 ފޮތި ޕާން

ބަޓަރު ކޮޅެއް

1 ފޮތި ސްލައިސް ޗީޒް

 

ތައްޔާރުކުރާނެ ގޮތް

ދެ ފޮތި ޕާނުގައިވެސް ކޮންމެވެސް އެއް ފަރާތުގައި ބަޓަރު ހާކާށެވެ. ޕާން ފިހަން ތަވާގައިވެސް ކުޑަ ބަޓަރު ކޮޅެއް ހާކާލާށެވެ. ޕާނުގައި ބަޓަރު ހޭކި ފަޅި ފިހެވޭ ގޮތަށް ތަވާ މައްޗަށް ޕާންލާށެވެ. އެއް ފޮތީގެ ބަޓަރު ނުލާ ފަޅީގެ މަތީގައި ޗީޒް ފޮތި ބޭއްވުމަށްފަހު އަނެއް ޕާން ފޮތީގެވެސް ބަޓަރު ނުލާފަޅި އެތެރެއަށް ވާގޮތަށް ޗީޒް ފޮތީގެ މަތީގައި ބާއްވާށެވެ. ގްރިލްޑް ޗީޒް ސޭންޑްވިޗް ފިހާނީ މަޑު ގިނީގައެވެ. ރީތި މުށި ކުލައެއް އެރުމުން ސޭންޑްވިޗް އަނެއްފުށުން ޖަހާލާފައި ފިހެލާށެވެ. ރަނގަޅަށް ފިހެވުމުން ޗީޒް ފޮތި އޮންނާނީ ވިރިފައި ދެ ފޮތި ޕާން ތަތްވެފައެވެ. އެންމެ މީރުވާނީ ހޫނުކަން މަތީ ގްރިލްޑް ޗީޒް ސޭންޑްވިޗް ކެއުމުންނެވެ.