ކަރާއިން ލިބޭ ބައެއް ސިއްހީ ފައިދާތައް

ދިވެހިންގެ މެދުގައި ކަރާ އެންމެ މަގުބޫލު ވެގެންދަނީ ކޮންމެ އަހަރެއްގެ ރަމަޟާން މަހުއެވެ. ރަމަޝާން މަހަށް ހާއްސަކޮށްގެން ރާއްޖޭގައި ކަރާ ހައްދާ އުޅެއެވެ. މި ލިޔުމުގައި މި ބަލާލަނީ ކަރާ އިން ލިބޭ ބައެއް ސިއްހީ ފައިދާ ތަކަށެވެ.

ކަރާއަކީ ގިނަ އަދަދަކަށް ފެން އެކުލެވޭ މޭވާއެކެވެ. ކަރާގެ 92 އިންސައްތައަކީ ފެނެވެ. އެހެން ކަމުން ކަރާ ކެއުމުން ކަރުހިއްކުން ފިލުވައިދެއެވެ.

ކެލޮރީ އެންމެ މަދު މޭވާތަކުގެ ތެރޭގައި ކަރާ ހިމެނޭނެއެވެ. ޖޯޑަކަށް ގާތްގަނޑަކަށް 154 ގްރާމް ގެ ކަރާ އެޅޭއިރު އެއީ 46 ކެލޮރީއެވެ. މީގެ އިންސާނާގެ ހަށިގަނޑަށް ދުވާލަކު ވިޓަމިން ސީ ބޭނުންވާ މިންވަރުގެ 21 އިންސައްތަ އަދި ދުވާލަކު އިންސާނާގެ ހަށިގަނޑަށް ވިޓަމިން އޭ ބޭނުންވާ މިންވަރުގެ 18 އިންސައްތަ ލިއްބައިދެއެވެ.

ސައިންސްވެރިން ކުރި ދިރާސާތަކަށްފަހު ހާމަކުރި ގޮތުގައި ކަރާގައި އެކުލެވޭ މާއްދާތަކުގެ ސަބަބުން، ހަޖަމުގެ ނިޒާމަށް ޖެހޭ ކެންސަރުން ރައްކާތެރިކޮށްދިނުމަށް އެހީތެރިވެދެއެވެ. އަދި ޓިއުމަރު އުފެދުމުން ދުރުކޮށްދޭ ކަމަށްވެސް ސައިންސްވެރިން ބުނެއެވެ.

ކަރާއަކީ، ހިތުގެ ބަލިތައް ޖެހުމުންވެސް ދުރުކޮށްދޭ މޭވާއެކެވެ. ކެއުމުގައި ކަރާ ހިމެނުމުން ހާޓް އެޓޭކް، ސްޓްރޯކް ޖެހުމުގެ ފުރުސަތު ކުޑަކޮށްދެއެވެ. އަދި ލޭގެ ޕްރެޝަރާއި ކޮލެސްޓްރޯލް މިންވަރު މަތި މީހުންނަށްވެސް، ކެއުމުގައި ކަރާ ހިމެނުމުން ލޭގެ ޕްރެޝަރާއި ކޮލެސްޓްރޯލް މިންވަރު ކުޑަކޮށްދެއެވެ.

މަހުމާ

ކާރުގަ ކުޑަދޮރު ހުންނަކަމެއް ނުދެނަހުރިން