ބަރުދަން ލުއިކުރަން ކާންވީ އަލްމޮންޑް

އަލްމޮންޑަކީ ގަދީމީ މިސްރުގެ މީހުންނާއި އިންޑިއާ މީހުންގެ މެދުގައިވެސް މަގުބޫލު އެއްޗެކެވެ. އެ ޒަމާނުގައި، އަލްމޮންޑް ބެލެވިފައި އޮތީ ސިކުނޑީގެ ބާރު ގަދަ ކޮށްދޭ އެއްޗެއްގެ ގޮތުގައެވެ.

މި ޒަމާނުގެ ދިރާސާތަކުން ދައްކާ ގޮތުން އަލްމޮންޑަކީ ހަށިގަނޑަށް ކެލްސިއަމް، ވިޓަމިން އީ، މެގްނީސިއަމް، އަޔަން ލިއްބައިދޭ އެއްޗެކެވެ.

ގަވާއިދުން އަލްމޮންޑް ކެއުމަކީ ހިތުގެ ބަލިތަކުން ދުރުކޮށްދޭ ކަމެކެވެ. އަލްމޮންޑް ކެއުމުން ނުރަނގަޅު ކޮލެސްޓްރޯލްގެ މިންވަރު ދަށްކޮށްދޭއިރު އިންސާނާގެ ހަށިގަނޑުގެ ކަށިތަކުގެ ބާރު ގަދަކޮށްދެއެވެ.

ބަރުދަން ލުއިކުރަން ބޭނުންވާ ފަރާތްތަކަށްވެސް، އަލްމޮންޑަކީ ރަނގަޅު ކާނާއެކެވެ. އަލްމޮންޑުން އަވަހަށް ބަނޑު ފުރޭއިރު މިއީ ލޯ ކެލޮރީ އެއްޗެކެވެ. އެހެން ކަމުން ބަރުދަން ލުއިކުރަން ބޭނުންވާ ފަރާތްތަކަށްވެސް އަލްމޮންޑަކީ ވަރަށް ރަނގަޅު އެއްޗެކެވެ.