ކިޑްނީގެ މައްސަލައެއް ހުރިނަމަ ފެނިދާނެ އަލާމާތްތައް
ކިޑްނީ ފެއިލްވުމަކީ މިހާރަކަށް އައިސް ވަރަށް އާންމުކަމެކެވެ. ކިޑްނީ ފެއިލްވެފައިވާކަން ގިނަފަހަރު އެނގެނީ ސިއްހީ ކޮންމެވެސް މައްސަލައެއްގައި ޑޮކްޓަރަށް ދެއްކުމުން ހަދާ ޓެސްޓްތަކުންނެވެ.
ކިޑްނީގައި މައްސަލައެއް އުޅޭނަމަ ފެންނާނެ ބައެއް އަލާމާތްތައް ހުރެއެވެ. އެހެން ކަމުން މިފަދަ އަލާމާތެއް ހުރިނަމަ ކަމާބެހޭ ޑޮކްޓަރެއްގެ ލަފާ ހޯދުން މުހިންމެވެ. މިފަދަ އަލާމާތެއް ނެތް ނަމަވެސް ގަވާއިދުން ޓެސްޓްތައް ކުރުމަކީ ވަރަށް މުހިންމު ކަމެކެވެ.
އަތާއި ފައި ދުޅަވުމަކީ، ކިޑްނީ މައްސަލައެއް ހުރި ނަމަ ފެނިދާނެ އަލާމާތެކެވެ. ކުޑަކަމުދެވޭ މިންވަރު އާދަޔާ ހިލާފަށް މަދުވުމަކީވެސް ކިޑްނީގެ މައްސަލައެއް ހުރި ނަމަ ފެނިދާނެ އަލާމާތެކެވެ.
ނޭވާ ކުރުވުމާއި ވަރުބަލިވުމަކީވެސް ކިޑްނީގެ މައްސަލައެއް ހުރި ނަމަ ފެނިދާނެ އަލާމާތެކެވެ. އޭގެ އިތުރުން މެޔަށް ތަދުވުމަކީވެސް އަލާމާތެކެވެ.