ބޮލުގައި ރިއްސުމަށް މެދުވެރިވާ ބައެއް ސަބަބުތައް

ބޮލުގައި ރިހުމަކީ، މީހުންނަށް ދިމާވާ ވަރަށް އާންމު ކަމެކެވެ. ބޮލުގައި ރިއްސުމުގެ ސަބަބުން، ކުރަން އުޅޭ ކަމަކަށް ނުވަތަ މަސައްކަތަށް ސަމާލުކަން ނުދެވޭ ހިސާބަށް ކަންކަން ދެއެވެ.

މިއީ ބޮލުގައި ރިއްސުމަށް މެދުވެރިވާ ބައެއް ސަބަބުތަކެވެ.

ސްޓްރެސް

ބޮލުގައި ރިއްސުމަށް މެދުވެރިވާ އެންމެ އާންމު އެއް ސަބަބަކީ މާބޮޑަށް ސްޓްރެސްވުމެވެ. އެހެންކަމުން ސްޓްރެސް މެނޭޖުކުރަން ދަސްކޮށް، ސްޓްރެސް ކުޑަ މާހައުލެއްގައި މަސައްކަތް ކުރާށެވެ. ސްޓްރެސްގެ ސަބަބުން ސިއްހީ އިތުރު މައްސަލަތަކަށްވެސް މަގުފަހިވުމުގެ ފުރުސަތު އޮވެއެވެ.

ފެން މަދުވުން

ހަށިގަނޑަށް ބޭނުންވާ މިންވަރަށް ފެން ނުލިބޭ ނަމަ ބޮލުގައި ރިއްސުން އެކަށީގެންވެއެވެ. ބައެއް ވަޒީފާތަކަކީ ވާރެ އާއި އަވީގައި އަދާކުރަން ޖެހޭ ބުރަ މަސައްކަތްތަކެކެވެ. ހަށިގަނޑުން ދަލުގެ ގޮތުގައި ގިނަ އަދަދަކަށް ފެން ބޭރުވެއެވެ. އެހެންކަމުން ހަށިގަނޑަށް ބޭނުންވާ މިންވަރަށް އަބަދުވެސް ފެން ބޯށެވެ.

ގެޖެޓްސްގެ ސަބަބުންވެސް ބޮލުގައި ރިއްސާ

ހަމައެކަނި މޯބައިލް ފޯނު ނުވަތަ ޓެބްލެޓެއް ނޫނެވެ. މަސައްކަތު 8 ގަޑިއިރު، ކޮމްޕިއުޓަރު ސްކްރީނަށް ބަލަން އިނުމަކީ ތިމާގެ ލޮލަށް ގެއްލުން ލިބޭ ކަމެއްގެ އިތުރުން ސިކުނޑިއަށް ބާރުބޮޑުވެ ބޮލުގައި ރިއްސުމަށް މެދުވެރިވާނެ ކަމެކެވެ.

ޑޮކްޓަރަށް ދައްކަންވީތަ؟

ބޮލުގައި ރިއްސަނީ ސިއްހީ ބޮޑު މައްސަލައެއް ހުރުމުން ކަމަށްވެސް ވެދާނެއެވެ. ސިކުނޑިއަށް ލޭ ފޯރުކޮށްދޭ ނާރެއްގައި ހުރި މައްސަލައަކުން، އިންފެކްޝަނެއްގެ ސަބަބުން ނުވަތަ އެނޫންވެސް ސަބަބަކާހުރެ ބޮލުގައި ރިއްސުން އެކަށީގެންވެއެވެ.

ދެ ހަފުތާއަށްވުރެ ގިނަ ދުވަސް ވަންދެން ބޮލުގައި ރިހުން ހުންނަ ނަމަ، ނުވަތަ ބޭސް ކެއުމުންވެސް ބޮލުގައި ރިހުން ކުޑަ ނުވުމާއި ބޮލުގައި ރިހުން އިތުރަށް ގޯސްވާނަމަ ޑޮކްޓަރެއްގެ އިރުޝާދު ހޯދުން ވަރަށް މުހިންމެވެ.

ލީލާ

މަގޭ ބޮލުގަ ރިއްސަން ފެށީ ފިރިސޮރުގެ ކަންކަން ހުންނަ ގޮތުން