އުމުރުން 30 އަހަރަށް ވުރެމައްޗައް ދިއުމުން ހަދަންޖެހޭ ބައެއް ޓެސްޓްތައް

ބަލި ޖެހުމުން އެކަމަށް ފަރުވާ ހޯދުމަށް ވުރެ ރަނގަޅީ، ބަލިޖެހުމުގެ ކުރިން އެކަމުން ރައްކާތެރިވުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމެވެ. ހާއްސަކޮށް އުމުރުން ދުވަސްވާން ފެށުމުން، ރަނގަޅަށް ސިއްހަތަށް ބަލައިގެން އުޅުމާއި، ހަދަންޖެހޭ މެޑިކަލް ޗެކަޕްތައް ގަވާއިދުން ހެދުމަކީ ވަރަށް މުހިންމު ކަމެކެވެ.

ކިތަންމެ ބުރަކޮށް އުޅުނުކަމުގައި ވީނަމަވެސް ވަގުތު ހޯދައިގެން ގަވާއިދުން މެޑިކަލް ޗެކަޕް ހަދަންވާނެއެވެ. އުމުރުން 30 އަހަރުން މައްޗަށް ދިޔުމުން ހަމައެކަނި ބަލަން ޖެހެނީ ބްލަޑް ޝުގާ ޓެސްޓް އަދި ލޭގެ ޕްރެސަރެއް ނޫނެވެ. ތިރީގައި މިވަނީ އުމުރުން ދުވަސް ވާންފެށުމުން ގާވައިދުން ހަދަންޖެހޭ ބައެއް ޓެސްތަކުގެ ލިސްޓެކެވެ.

އީސީޖީ

ހިތުގެ މައްސަލަތަކަކީ ކޮންމެ ވަގުތަކުވެސް ދިމާވެދާނެ މައްސަލައެކެވެ. ބައެއް ފަހަރު މިކަމުގެ އަލާމާތްތައް ކުރީބައިގައި ނުފެނި ހިނގައިދާނެއެވެ. އިސީޖީ (އެލެކްޓްރޯ ކާޑިއޮގްރާމް) އިން ހިތުގައި މައްސަލައެއް އުޅޭނަމަ އެކަން ދެނެގަނެއެވެ. އަދި ހިތުގެ ބައްޔަކަށް މަގުފަހިވާ ފަދަ ނުރައްކަލެއް އުޅޭނަމަ އެކަން ދެނެގަނެ އެކަމުން ރައްކާތެރިވުމަށް މިކަމުން އެހީވެދޭނެއެވެ.

ލިޕިޑް ޕްރޮފައިލް

މި ޓެސްޓުން ހަށިގަނޑުގައި ކޮލެސްޓްރޯލް ހުރި މިންވަރު އެނގިގެންދާނެއެވެ. ހަމަ އެހެންމެ އާއިލާގައި ހިތުގެ މައްސަލަ، ހަކުރު ބަލި ހުންނަ މީހަކު ހުރި ނަމަ އާއިލާގެ އެހެން މެންބަރުންވެސް މި ޓެސްޓު ހެދުން މުހިންމެވެ. އުމުރުން 30 އަހަރުން މައްޗަށް ދިއުމުން ކޮންމެ ދެ އަހަރަކުން އެއް ފަހަރު މި ޓެސްޓް ހެދުން އެދެވިގެންވެއެވެ.

ލިވާ ފަންކްޝަން ޓެސްޓް

 

މިއީ ލިވާ ނުވަތަ ފުރަމޭގެ މަސައްކަތްތައް ރަނގަޅަށް ކުރޭތޯ ބެލުމަށް ހަދާ ޓެސްޓެކެވެ. ހެޕަޓައިޓިސް ފަދަ އިންފެކްޝަނެއް ހުރިނަމަ އެނގިގެންދާނެއެވެ. އެދެވިގެންވަނީ އަހަރަކު އެއް ފަހަރު މި ޓެސްޓް ހަދާލުމެވެ.

ޕެޕްސް ސިމިއާ / ކޮލޮނޮސްކޯޕީ ޓެސްޓް

ޕެޕްސް ސިމިއާ، މިއީ އުމުރުން 30 އަހަރުން މައްޗަށް ގޮސްފައިވާ އަންހެނުން ހެދުން ވަރަށް މުހިންމު ޓެސްޓެކެވެ. މި ޓެސްޓް އިން ރަހިމަށް އަންނަ ބަދަލުތަކާއި، ރަހިމަށް ޖެހޭ ނުރައްކާތެރި އިންފެކްޝަން އަދި ރަހިމަށް ޖެހޭ ކެންސަރުފަދަ ކަންކަން ދެނެގަތުމަށް ހަދާ ޓެސްޓެކެވެ.

ކޮލޮނޮސްކޯޕީ ޓެސްޓަކީ ގޮހޮރުގެ މައްސަލަތަކާއި ކޮލޮން ކެންސަރު ހުރިތޯ ބެލުމަށް ހަދާ ޓެސްޓެކެވެ. މި ޓެސްޓް އާންމުކޮށް ހަދަނީ ފިރިހެނުންގެ އުމުރުން 45 ނުވަތަ 50 އަހަރުން މައްޗަށް ދިޔުމުންނެވެ. ނަމަވެސް ޑޮކްޓަރުން ލަފާ ދެނީ ފިރިހެނުން އުމުރުން 30 އަހަރުން މައްޗަށް ދިޔުމުން ގަވާއިދުން މި ޓެސްޓް ހެދުމަށެވެ. ހާއްސަކޮށް އާއިލާގައި ކޮލޮން ކެންސަރު ޖެހިފައިވާ މީހަކު ހުރި ނަމަ މި ޓެސްޓް ހަދަންވާނެއެވެ.

އައްޔަ

ތި އުޅެނީ ޑރ ލިބޭލާރިކޮޅު މަދުވެގެން

އާސަންދަ

ބަލަ އައްޔާ! މިހާރު އާސަންދަ އޮންނާނެ

ޗާލީ 13

އާސަންދަ ލިބޭ ތަންތަނަށް ޑޮކްޓަރަށް ދެއްކޭނީ އެޕްއިންޓްމެންޓް ހަދާތާ 3 މަސް ދުވަސް ފަހުން

ލަލަލާ

ތިންމަސް މަޑުކޮށްފަ އަނެއް އެޕޮއިންޓްމެންޓް 3 މަސް ކުރިޔާލައި ހައްދާނީ

ޒިމް

ޓެސްޓްތައް ހެދުމަށް އެންމެރަނގަޅީ ކޮންޑޮކްޓަރަކަށް ދެއްކީމަ

ކޮލަސްޓްރޯލް

ރަގަޅުކަމެއް މައްސަލަޔަކީ ތިކަންކަންކުރަން އުޅެންޖެހޭ ޙާލު...........