އީޝާ ގުޕްތާ ރާއްޖޭގައި
އިންޑިއާގެ ފިލްމީ ތަރި އީޝާ ގުޕްތާ ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އެބަދެއެވެ.
ރާއްޖޭގައި ހުރެ ނަގާފައިވާ ފޮޓޯތައް ސޯޝަލް މީޑިއާގައި ހިއްސާކުރަމުން އީޝާ ގުޕްތާ ބުނެފައިވަނީ އޭނާ ހުރީ ރީތި ފަރު ރިސޯޓްގައި ކަމަށެވެ. އީޝާ ގުޕްތާ ވަނީ ރާއްޖޭގައި ޑައިވިންގް ކުރަމުން ނަގާފައިވާ ފޮޓޯތަކެއްވެސް ސޯޝަލް މީޑިއާގައި ހިއްސާކޮށްފައެވެ.
އުމުރުން 35 އަހަރުގެ ބަތަލާ ކުޅެފައިވާ ފިލްމްތަކުގެ ތެރޭގައި 2012 ވަނަ އަހަރު ރިލީޒްކުރި "ރާޒް 3ޑީ" އާއި 2014 ވަނަ އަހަރު ރިލީޒްކުރި "ހަމްޝަކަލްސް" އާއި 2016 ވަނަ އަހަރު ރިލީޒްކުރި "ރުސްތުމް" އަދި 2019 ވަނަ އަހަރު ރިލީޒްކުރި "ޓޯޓަލް ދަމާލް" ފާހަގަކޮށްލެވެއެވެ.
ޗުއްޓީ ހޭދަކޮށްލުމަށް ފަންނާނުންގެ މެދުގައި ރާއްޖެއަކީ މަގުބޫލު މަންޒިލެކެވެ. އެގޮތުން އިންޑިއާގެ ބަތަލާ ޝްރައްދާ ކަޕޫރާއި އޭނާގެ މައިންބަފައިންގެ އިތުރުން އިންޑިއާގެ ބަތަލާ ހީނާ ހާންވެސް ވަނީ މިމަހުގެ ތެރޭގައި ރާއްޖޭގައި ޗުއްޓީ ހޭދަކޮށްފައެވެ.