ކިޑްނީގެ މައްސަލައެއް ހުރިނަމަ މި އަލާމާތްތައް ފެނިދާނެ

ކިޑްނީގެ ބަލިތަކަކީ މިހާރު ވަރަށް އާންމުކޮށް ފެންނަ ކަމެކެވެ. ނަމަވެސް ގިނަފަހަރު މިކަން ފާހަގަވަނީ ކިޑްނީގެ ހާލަތު ވަރަށް ބޮޑަށް ދަށަށްދާ ފަހުންނެވެ.

މިއީ ބަލީގެ ކުރީކޮޅު ފާހަގަކުރެވިއްޖެ ނަމަ، ބޭސްފަރުވާއާއެކު ރަނގަޅު ކުރެވިދާނެ ކަމެކެވެ. ނަމަވެސް ކިޑްނީގެ ހާލަތު ހުރި ގޮތުން ޑައިލިސިސް ނުވަތަ ކިޑްނީ ޓްރާންސްޕްލާންޓަކަށް ޑޮކްޓަރުން ލަފާދޭނެއެވެ.

ކުޑަކަމުދާއިރު އުނދަގޫވުމާއި، ކުޑަކަމުދާއިރު ލޭ އައުމަކީ ކިޑްނީގެ މައްސަލައެއް ހުރިނަމަ ފެނިދާނެ އަލާމާތްތަކެކެވެ. ކުޑަކަމުދެވޭ މިންވަރު މަދުވުމާއި ޔޫރިންގެ ކުލަ ވަރަށް ގަދަކޮށް ހުރުމަކީވެސް ފެނިދާނެ އަލާމާތްތަކެކެވެ.

ކިޑްނީގައި މައްސަލައެއް ހުރިނަމަ ފެނިދާނެ އިތުރު އަލާމާތްތަކުގެ ތެރޭގައި މެޔަށް ބާރުވެފައި ހުރުން ނުވަތަ ތަދެއް ހުރުން ހިމެނެއެވެ. ނޭވާ ކުރުވުމާއި ވަރުބަލިވުމާއި ބޯ އެނބުރުން އަދި ހޮޑުލެވުމަކީވެސް ކިޑްނީގެ މައްސަލައެއްގެ ސަބަބުން ފެނިދާނެ އަލާމާތްތަކެކެވެ. ކިޑްނީގައި މައްސަލައެއް ހުރުމުން އަތާއި ފައި، އާދަޔާ ހިލާފަށް ދުޅަވުން އެކަށީގެންވެއެވެ.