ލިންޑާ

ޓްވިޓާގެ ސީއީއޯއަކަށް ލިންޑާ

ޓްވިޓާގެ އާ ޗީފް އެގްޒެކެޓިވް އޮފިސަރު – ސީއީއޯއަކަށް ލިންޑާ ޔަކާރީނޯ ހަމަޖައްސައިފި އެވެ.

އެންބީސީ ޔުނިވާސަލްގެ ހެޑް އޮފް އެޑްވަޓައިޒިންގެ މަގާމުގައި ކުރިން ހުރި ލިންޑާ ޓްވިޓާގެ ސީއީއޯގެ މަސައްކަތް ކުރިއަށް އޮތް ހަފުތާތަކުގެ ތެރޭގައި ހަވާލުވާނެ ކަމަށް އީލޮން މަސްކް ވަނީ ބުނެފަ އެވެ.

ޓްވިޓާގެ ސީއީއޯގެ މަގާމަށް ލިންޑާ ހަމަޖައްސާފައިވާއިރު ޓްވިޓާގެ ޗެއާމަން އަދި ޗީފް ޓެކްނޮލޮޖީ އޮފިސަރުގެ މަގާމުގައި އަދިވެސް ހުންނާނީ ޓްވިޓާގެ ވެރިޔާ އީލޮން މަސްކް އެވެ.

އީލޮން މަސްކް ޓްވިޓާ ގަތީ މިދިޔަ އަހަރު 44 ބިލިއަން ޑޮލަރަށެވެ. ޓްވިޓާ ގަތުމަށްފަހު ޓްވިޓާ ހިންގާނެ މީހަކު ހޯދުމުގައި އީލޮން މަސްކް ވަނީ ގިނަ މަސައްކަތްތަކެއް ކޮށްފަ އެވެ.

ސަބަބަކީ އީލޮން މަސްކްގެ އެހެން ވިޔަފާރިތައް --  ޓެސްލާ އަދި ސްޕޭސް އެކްސް އަށް އީލޮން މަސްކްގެ ސަމާލުކަން އިތުރުކުރުމެވެ.