ތާރާ

"މަރްޖާވާން" ގައި ތާރާ ފެނިގެންދާނީ މަންމަނެއްގެ ރޯލުން

މިލްޕާ ޒަވޭރީ ޑައިރެކްޓްކުރާ ފިލްމް "މަރްޖާވާން" ގައި އެކްޓްރެސް ތާރާ ސުތައިއާ ފެނިގެންދާނީ މަންމަނެއްގެ ރޯލުން ކަމަށް އޭނާ ބުނެފިއެވެ.

އިންޑިއާގެ ނޫހަކުން ކުރި ސުވާލަކަށް ޖަވާބު ދެމުން ތާރާ ބުނީ ފިލްމްގައި ކުޅޭ ރޯލަށް ތައްޔާރުވުމުގެ ގޮތުން ސައިން ލެންގުއޭޖް ދަސްކުރި ކަމަށާއި އެކަމުގެ ފައިދާ ފިލްމް ޝޫޓްކުރިއިރު ކުރި ކަމަށެވެ.

ސައިން ލެންގުއޭޖަކީ މުވާސަލާތުކުރުމަށް ރީތި ގޮތެއް ކަމަށާއި ހަގީގީ ދިރިއުޅުމުގައި މުވާސަލާތުކުރުމަށް ސައިން ލެންގުއޭޖް ބޭނުންކުރާނެ ކަމަށް ތާރާ ބުންޏެވެ.

ލޯބީގެ ވާހަކައަކަށް އުފައްދާ ފިލްްމް "މަރްޖާވާން" ގެ ޓްރެއިލާ ރިލީޒްކުރުމާއެކު ގިނަ ބައެއްގެ ތައުރީފު ވަނީ ލިބިގެންގޮސްފައެވެ. މިއަހަރުގެ ނޮވެމްބަރު މަހުގެ އަށްވަނަ ދުވަހު ރިލީޒްކުރުމަށް ހަމަޖެހިފައިވާ ފިލްމްގެ އިތުރު ކާސްޓުންގެ ތެރޭގައި ސިދާތު މަލްހޯތުރާ އާއި ރިތޭޝް ދޭޝްމުކް ހިމެނެއެވެ.