ވަކިވައްތަރެއްގެ އަވިއައިނެއް މުހިންމުތަ؟

އިރުގެ ދޯދިތަކުގެ ސަބަބުން ވަރަށް ގިނަ ގެއްލުންތައް ހަށިގަނޑަށް ލިބެއެވެ. އަވީގައި ގިނަ ވަގުތު އުޅުމުގެ ސަބަބުން އިންސާނުންގެ ހަމަށް އެކިވަރުގެ ގެއްލުން ލިބި، ހަމުގެ ކެންސަރު ޖެހުމަށް މަގުފަހިވެގެންދެއެވެ. ނަމަވެސް އިރުގެ ދޯދިތަކުގެ ސަބަބުން ގެއްލުންވަނީ ހަމައެކަނި އިންސާނުގެ ހަމަކަށް ނޫނެވެ.

އެމެރިކާގެ ނެޝެނަލް އައި އިންސްޓިޓިއުޓް އިން ކުރި ދިރާސާއަކުން ދައްކާ ގޮތުގައި، ލޮލުގެ ފެނުން ރަނގަޅުކޮށްދޭ ޕްރޮޓީންސްތަކަށް، އިރުގެ އަލްޓްރާ ވައިލެޓް ރޭގެ ސަބަބުން ގެއްލުން ލިބެއެވެ.

އިރުގެ ދޯދިތަކުގެ ސަބަބުން، ލޮލަށް ކެންސަރު ޖެހުމާއި ފޮޓޯކެރަޓިޓިސް އޭ ކިޔާ ބައްޔެއް ޖެހުމުގެ ފުރުސަތު އޮވެއެވެ. ފޮޓޯކެރަޓިޓިސްއަކީ ގިނައިރު، އަވީގައި އުޅުމުން ލޮލުގެ އެތެރެއަށް ގަދަ އަވި އެޅުމުގެ ސަބަބުން ލޮލުގެ ފެނުމަށް އަންނަ ބަދަލެކެވެ. މިއީ ކުޑަ ހިނދުކޮޅަކަށް ދިމާވާ ކަމެއްކަމުގައި ވީނަމަވެސް، ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް އަވީގައި އުޅޭ ނަމަ މީގެ ސަބަބުން ލޯ އަނދިރިވުންވެސް އެކަށީގެންވެއެވެ.

އެމެރިކަން އެކަޑަމީއްފް އޮޕްތޮމޮލޮޖީގެ ލޮލުގެ ޑޮކްޓަރެއްކަމަށްވާ ރެބެކާޓޭލާ ވިދާޅުވި ގޮތުގައި އިރުގެ އަލިލޮލަށް އެޅުމަކީ ބާރުގަދަ ލޭޒާލައިޓެއްގެ އަލި ލޮލަށް ފޮނުވުންފަދަ ކަމެކެވެ. އެހެންކަމުން އަވިން ލޯ ސަލާމަތްކުރުމަށްޓަކައި ރަނގަޅު އަވިއައިނު ބޭނުންކުރުމަކީ ވަރަށް މުހިންމު ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.