ކޮންމެ ދުވަހަކު ހައި ހީލްސްއަށް އަރާނަމަ މި ލިޔުން ކިޔާލުން މުހިންމު

ހައި ހީލްސް ނުވަތަ އުސް ފައިވާނަކީ އަންހެނުންގެ މެދުގައި ވަރަށް މަގުބޫލު އެއްޗެކެވެ. ފެޝަނަކަށް ބޭނުންކުރި ކަމުގައި ވީނަމަވެސް މާ އުސް ފައިވާނަށް، ކޮންމެ ދުވަހަކު އަރާނަމަ ހަށިގަނޑަށް އެކިވަރުގެ ގެއްލުން ލިބެއެވެ.

އުސްފައިވާނަށް އަރައިގެން ހިނގާއިރު، ހަށިގަނޑު ވަކި ގޮތަކަށް ބެލެންސް ކުރަންޖެހެއެވެ. މި ގޮތަށް ބެލެންސް ކުރާއިރު ހަށިގަނޑުގެ ހުރިހާ ބާރެއް ލެވެނީ އުނަގަނޑުން ތިރިއަށެވެ. މިހެންވުމުން މައިބަދަ އަދި އުނަގަނޑުގެ ބައްޓަމަށް ނޭދެވޭ ބަދަލުތަކެއް އާދެއެވެ. ނަތީޖާއަކީ އެތަނުގެ މަސްތައް ކުރުޖެހި، އުނަގަނޑު އަދި ބުރަކަށީގައި ރިއްސާގޮތް މެދުވެރިވުމެވެ.

ހައި ހީލްސްގައި ހިނގާއިރު ބެލެންސްކުރުމަށް ކުރާ މަސައްކަތުން ކަކުލަށް ވަރަށް ބޮޑަށް ޕްރެޝާ ލެވޭނެއެވެ. އޭގެ ސަބަބުން ކަކުލުގައި ރިއްސުމަށް މެދުވެރިވެއެވެ. އޭގެ އިތުރަށް ފައިގެ އިނގިލިތަކުގެ ކަށިތައް ބޭރަށް ނުކުންނަ ގޮތްވެއެވެ.

އުސްފައިވާނުގައި ހިނގުމުން ލިގަމެޓް ތަކުގެ ބާރު ދެރަވެ، އާތުރައިޓިސް ފަދަ މައްސަލަތައް ދިމާވެއެވެ. މިއީ މިފަދަ ފައިވާނައަށް އަރާ ފުރަތަމަ ދުވަހުން ފެންނާނެ ކަންކަމެއް ނޫނެވެ. މިކަންކަން ފެންނަން ގިނަ ދުވަސް ނަގާނެއެވެ.

ހައިހީލްސް ބޭނުންކުރާ ނަމަވެސް ގިނަ ވަގުތު އެއަށް އަރައިގެން ނޫޅޭށެވެ. އަދި މާ ބޮޑަށް އުސްފައިވާނަށް ނާރާށެވެ. އޭރުން އުސްފައިވާނުން ލިބޭ ގެއްލުން ކުޑަވާނެއެވެ.

ފަރީލާ

އަދިވެސް އަރާނަން، ދެންވެސް އަރާނަން

ޔަހުޔާ

މި އުޅޭ އަންހެނުން ހޭ އަރާނީ ފުންނާބު އުސް ފައިވާނަށް އަރައިގެން ހުރެ ބޮނޑިއެއް ބުއީމަ

ޖިނާހު

ފަރީލާ އަށް: އާނ އަރާފަ ބަހައްޓާ، ހެޔޮ ނަސޭހަތެއް ދިނަސް އަޑު ނާހާތި. ކަކުލާއި ބުރަކަށި ދުއްވާލާ