ހިތުގެ ބަލިތަކާއި ބިހާއި ގުޅުމެއް ނެތް
ހިތަށް ދުޅަހެޔޮކަން ލިބޭ ކާނާތަކަކީ ގުދުރަތީ ގޮތުން އެ ކާނާތަކުގައި ކޮލެސްޓްރޯލްގެ މިންވަރު ދަށް ކާނާއެވެ. އެކަމުގެ ސަބަބުން ހިތުގެ ބަލިތަކާއި ސްޓްރޯކް ޖެހުން ފަދަ ކަންކަން ދުރުކޮށްދެއެވެ.
ކުކުޅު ބިސް ކެއުމަކީ ކޮލެސްޓްރޯލްގެ މިންވަރު މަތިވުމަށް މެދުވެރިވާ ކަމެއް ކަމަށާއި ހިތުގެ ބަލިތަކާއި ސްޓްރޯކް ޖެހުމަށް މަގުފަހިވާ ކަމެއް ކަމަށް ބައެއް މީހުން ދަނީ ބުނަމުންނެވެ. ނަމަވެސް ދިރާސާކުރާ ފަރާތްތަކުން ބުނާ ގޮތުން ކޮންމެ ދުވަހަކު ބިހެއް ކެއިކަމުގައި ވީނަމަވެސް އެކަމަކީ ހިތުގެ ބަލިތައް ޖެހުމަށް މަގުފަހިވާނެ ކަމެއް ނޫނެވެ.
އެމެރިކަން ހާޓް އެސޯސިއޭޝަނުންގެ ސައިންޓިފިކް އެޑްވައިޒަރީއެއްގައި ބުނެފައިވަނީ ކޮލެސްޓްރޯލް ގިނައިން ހިމެނޭ ކާނާ ކެއުން މަދުކުރުމުން ހިތަށް ދުޅަހެޔޮކަން ލިބިދެއެވެ. އެކަމުގެ ސަބަބުން ހަށިގަނޑަށް ގެއްލުންދޭ ފެޓްސްގެ އިން ސަލާމަތްކޮށްދޭ ކަމަށާއި ނަތީޖާއަކީ ހިތުގެ ނާރުތައް ބެދުން ފަދަ ކަންކަމުން ސަލާމަތްވުން ކަމަށް އެ އެސޯސިއޭޝަންގެ އެޑްވައިޒަރީގައި ބުނެފައިވެއެވެ.
"ހަށިގަނޑަށް ގެއްލުންދޭ ނުފުރާނާ ފެޓްސް މާއްދާ ގިނައިން ހިމެނެނީ އާދައިގެ ތެލުގައި، އެއްގަމު މަހުގައި. މީތި ބަދަލުކުރަން މިޖެހެނީ ފުރޭނިފައި ހުންނަ ފެޓްސް ހުންނަ ތެލަށް. މިސާލަކަށް ޒުވާރި، ކެނޯލާ އަދި ސޯއި ބީން ތެޔޮ ފަދަ އެއްޗިއްސަށް" އެމެރިކާގެ ޔޫޓީ ސައުތުވެސްޓަން މެޑިކަލް ސެންޓަރުގެ ފަރާތުން ޖޯ އޭން ސ. ކާސަން ވިދާޅުވި އެވެ.
ޖާނަލް ސާކިއުލޭޝަންގައި ޝާއިއުކޮށްފައިވާ ތަހުލީލެއްގައި ބަޔާންކޮށްފައިވާ ގޮތުން، ހިތުގެ ނާރުތައް ބެދުމުން ކޮލެސްޓްރޯލް ހުރި މިންވަރު ބެލުމަށް ޓެސްޓް ކުރެވެއެވެ. އަދި އޭގެ ނަތީޖާ ދައްކަނީ ނޯމަލް ރޭންޖަށްވުރެ އިތުރަށް ކޮލެސްޓްރޯލް ހިމެނޭ ކާނާ ކައިފާވާކަން ކަމަށް އެ ބަޔާނުގައިވެއެވެ.
ދިރާސާކުރާ ފަރާތްތަކުން ބުނާ ގޮތުން ކޮންމެ ދުވަހަކު ބިހެއް (ހުދުބަޔާއި ގޮބޮޅިއާއެކު) ކެއުމަކީ ހިތުގެ ދުޅަހެޔޮކަމަށް މަގުފަހިކޮށްދޭ ކަމެކެވެ.