ޑާކް ޗޮކްލެޓުން ސިއްހީ ފައިދާތަކެއް

ޑާކް ޗޮކްލެޓްގައި 50 އިންސައްތަ އާއި 90 އިންސައްތައަށް ކޮކޯއާ ސޮލިޑްސް، ކޮކޯއާ ބަޓަރު އަދި ހަކުރު އެކުލެވިގެންވެއެވެ. ޑާކް ޗޮކްލެޓް ކެއުމުން އެއިން ސިއްހީ ފައިދާތަކެއް ލިބުނު ނަމަވެސް، ޑާކް ޗޮކްލެޓް ކާނަމަ ކެވޭ މިންވަރަށް ބެލުން ވަރަށް މުހިންމެވެ.

ހިތުގެ ބަލިތަކުން ރައްކާތެރިކޮށް ދިނުން

ދިރާސާތަކުން ދައްކާ ގޮތުގައި، މިލްކް ޗޮކްލެޓަށްވުރެ ޑާކް ޗޮކްލެޓް ކެއުމުން ހަށިގަނޑަށް ކުރާ ފައިދާ މާ ބޮޑެވެ. ޑާކް ޗޮކްލެޓްގައި ހުންނަ އެންޓި އޮކްސިޑެންޓްތަކުގެ ސަބަބުން ހިތުގެ ބަލީގެ ނުރައްކާ ކުޑަކޮށްދެވެ. ހަށިގަނޑުގައި ހުންނަ ނުރަނގަޅު ކޮލެސްޓްރޯލް މިންވަރު ދަށްކޮށްދީ، ކޮލެސްޓްރޯލް މިންވަރު ހަމަޔަކަށް އެޅުމުގައި އެހީވެދެއެވެ.

ސިކުނޑީގެ މަސައްކަތްތައް ރަނގަޅުކޮށްދޭ

ޑާކް ޗޮކްލެޓް ކެއުމުން ސިކުނޑީގެ ދުޅަހެޔޮކަން އިތުރުކޮށްދެއެވެ. ސިކުނޑީގެ މަސައްކަތްތައް ރަނގަޅުވެގެންދާއިރު، ހަނދާން ވަރުގަދަ ކޮންދިނުން ފަދަ ކަންކަންވެސް ރަނގަޅުވެއެވެ.

ހަންގަނޑު ރައްކާތެރި ކޮށްދިނުން

ޑާކް ޗޮކްލެޓްގައި ހުންނަ ފްލެވެނޮލްސްގެ ސަބަބުން، އިރުގެ އަވިން ހަންގަނޑަށް ލިބޭ ގެއްލުންތަކުން ހަންގަނޑު ސަލާމަތްކޮށްދިނުމުގައި އެހީތެރިވެދެއެވެ. އަދި މިއީ ޑާމަލް (ހަމުގެ) ލޭ ދައުރުވުން ރަނގަޅުކޮށްދޭ މާއްދާއެކެވެ.

ބަރުދަން ލުއިކުރުމަށް އެހީތެރިވެ ދިނުން

ދިރާސާތަކުން ދައްކާ ގޮތުގައި، ޑާކް ޗޮކްލެޓް ކެއުމުން ބަރުދަން ލުއިކުރުމަށް އެހީތެރިވެދެއެވެ. މީގެ އިތުރުން ކާ އެއްޗެހި ހަޖަމްކުރަން ފަސޭހަކޮށްދީ، ސަރުބީ އަދި ކާބޯހައިޑްރޭޓް މަދުކޮށްދެއެވެ.