އޮމާންގެ އެއް އާއިލާއެއްގެ 11 މެންބަރަކަށް ކޮލޮން ކެންސަރު ޖެހިއްޖެ

އޮމާންގެ އެއް އާއިލާއެއްގެ 11 މެންބަރަކަށް ކޮލޮން ކެންސަރު ޖެހިއްޖެއެވެ.

އެގައުމުގެ ރޯޔަލް ހޮސްޕިޓަލްގެ ކޮންސަލްޓެންޓް ކޮލޮން އެންޑް ރެކްޓަލް ސާޖަން އަދި ޖެނެރަލް ސާޖަރީގެ ހެޑް ޑރ. ރާޝިދު ބިން މުހައްމަދު އަލް އަލާވީ ވިދާޅުވީ އެއް އާއިލާއެއްގެ 11 މެންބަރަކަށް ކޮލޮން ކެންސަރު ޖެހުނީ މައިންބަފައިންގެ ފަރާތުން ދަރިންނަށް ބަލި ވާރުތަކޮށްގެން ކަމަށް ޔަގީން ކުރެވޭ ކަމަށެވެ.

އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން އޮމާންގެ 21002 މީހަކަށް ކޮލޮން ކެންސަރު ޖެހިފައިވެއެވެ. އޭގެ ތެރޭގައި 10723 ފިރިހެނުންނާއި 10279 އަންހެނުން ހިމެނެއެވެ.

އެ ގައުމުގައި އެންމެ އާންމު ކެންސަރުގެ ބާވަތުގެ ތެރޭގައި ކޮލޮން ކެންސަރު ހިމެނެއެވެ. އޮމާންގައި އެންމެ އާންމު ކެންސަރުގެ ބާވަތްތަކުގެ ތެރޭގައި ބްރެސްޓް ކެންސަރާއި ތައިރޮއިޑް ކެންސަރުގެ އިތުރުން ލިއުކީމިއާ ހިމެނެއެވެ.