އުމުރަށްވުރެން ހަގު ކަމަށް ހީވުން، ސިކުނޑިގެ ސިއްހަތާއި ގުޅިފައި

ތިމާގެ އުމުރަށްވުރެ ތިމާ ހަގު ކަމަށް ހީވާނަމަ އެކަމަކީ، ސިކުނޑީގެ ސިއްހަތާއި ގުޅުން ހުރި ކަމެއް ކަމަށް ދިރާސާއަކުން ދައްކައިފިއެވެ.

ދިރާސާގައި ވަނީ މީހުންގެ ސިކުނޑީގެ ސްކޭން ބޭނުންކޮށްފައެވެ. މީހާގެ އުމުރަށްވުރެ ޒުވާންކަމަށް ހީވާ މީހުންގެ ސިކުނޑީގައި ގްރޭމެޓާ ގިނަކަމަށް އެ ދިރާސާއިން ވަނީ ދައްކާފައެވެ. ދިރާސާއިން ހާމަވި ގޮތުގައި މިއީ ސިކުނޑި ދުޅަހެޔޮކަން އަންގައިދޭ ނިޝާނެކެވެ.

ގްރޭމެޓާއަކީ ސިކުނޑީގައި އުފެދޭ ބޭކާރު ކެމިކަލްތައް ސާފުކުރުމާއި، ގްލްކޯޒް ފޯރުކޮށްދިނުން އަދި މިނޫންވެސް ގިނަ މަސައްކަތްތަކެއް ކުރުމުގައި އެހީވެދޭ އެއްޗެކެވެ.

މި ދިރާސާގައި އުމުރަށްވުރެ ޒުވާންކަމަށް ހީވާ މީހުންގެ، ހަނދާން ހުންނަ މިންވަރު ބެލުމަށް ވަނީ ޓެސްޓްތަކެއް ހަދާފައެވެ. އެ ޓެސްޓްގެ ނަތީޖާއިން ހާމަވީ، އެފަދަ މީހުން ހަނދާން ހުންނަ މިންވަރު ގަދަކަމެވެ. އަދި ނަފުސާނީ މައްސަލަތަކާއި މިފަދަ މީހުން ދުރުކަން ހާމަވިއެވެ.

މި ދިރާސާކޮށްފައިވަނީ އުމުރުން 59 އަހަރާއި 84 އަހަރާއި ދެމެދުގެ 68 މީހުން ބައިވެރިކޮށްގެންނެވެ.

"ފްރޮންޓިއާސް އިން އޭޖިންގް ނިއުރޯސައިންސް" މަޖައްލާގައި ބުނެފައިވަނީ މީހާގެ އުމުރަށްވުރެ ދޮށީކަމަށް މީހާއަށް ގަބޫލުކުރެވޭނަމަ، އެއީ މީހާއަށް އަންނަ ބަދަލުތަކާއި، ދިރިއުޅުމުގައި އިހްތިޔާރު ކުރެވޭ ބައެއް ކަންކަމުގެ ސަބަބުން ގަބޫލުކުރެވޭ ގަބޫލު ކުރެވުމެއް ކަމަށެވެ.

މި ދިރާސާކުރި ޕްރޮފެސަރު ޖީންޔުންގް ޗޭ ވިދާޅުވި ގޮތުގައި އުމުރަށްވުރެ ދޮށީކަމަށް ގަބޫލުކުރެވޭނަމަ އެއީ ސިކުނޑީގެ ސިއްހަތަށް ގެއްލުންދޭ ދިރިއުޅުމުގެ ބައެއް އާދަތަކާއި، ކަންކަން ބަދަލުކުރަންވީ ކަމުގެ ނިޝާނެކެވެ.