އިންޖެކްޝަން ޖަހާ ވަގުތު ދަރިފުޅު ބިރު ގަނޭތަ؟

އިންޖެކްޝަން ކަށި ބޭނުންކުރަން ޖެހުމުން ބިރުގަތް ކުދިން ކޮބާ ހެއްޔެވެ؟ ސިއްހީ ގޮތުން ހަދަން ޖެހޭ ތަހުލީލަކަށް ލޭ ނެގުމަށް ނުވަތަ އައިވީ ގުޅުން ފަދަ ކަމަކަށް އިންޖެކްޝަން ކަށި ބޭނުންކުރަން ޖެހުމުން ބިރު ގަންނަ މީހުންނާއި ކުދިން ވަރަށް ގިނައެވެ. މިއީ އާންމު ކަމެކެވެ.

މި ލިޔުމުގައި މި ބަލައިލަނީ އިންޖެކްޝަން ކަށި ދެކެ ބިރު ގަންނަ ކުޑަކުދިން މަސަލަސް ކުރުމަށް ކުރުމަށް ކުރެވިދާނެ ބައެއް ކަންކަމަށެވެ.

ހަގީގަތަށް ކިޔައިދިނުން

ލޭ ނެގުމަށް، އައިވީ ގުޅުން ފަދަ ކަމަކަށް ކަށި ބޭނުން ކުރާ ވަގުތު ތަދުވާނެ ކަން ދަރިފުޅަށް ވިސްނައިދޭށެވެ. ނަމަވެސް އެއީ ވަރަށް ކުޑަ ވަގުތުކޮޅަކަށް ކަން ދަރިފުޅަށް ވިސްނައިދޭށެވެ. މިކަން މި ކުރަނީ ދަރިފުޅަށް ރަނގަޅަކަށް ކަން ބުނެދޭށެވެ.

ދަރިފުޅަށް ފަސޭހަ ޕޮޒިޝަނެއް އިހުތިޔާރު ކުރުން

ކުޑަކުދިން ވަރަށް ހަރަކާތްތެރިވާނެއެވެ. އިންޖެކްޝަން ކަށި ބޭނުންކުރާ ވަގުތު މަޑުމަޑުން ހުރުމަށް ބުނި ކަމުގައި ވީނަމަވެސް އެ ކުދިން މަޑުމަޑުން ނުތިބޭނެއެވެ. އެހެންކަމުން ކުއްޖާއަށް ފަސޭހަ ޕޮޒިޝަނެއް އިހުތިޔާރު ކުރުން ރަނގަޅެވެ.

ގިނަ ޑޮކްޓަރުން ލަފާ ދޭ ގޮތުން، އިންޖެކްޝަން ބޭނުންކުރާއިރު ކުޑަ ކުއްޖަކަށް އެންމެ ފަސޭހަ ޕޮޒިޝަނަކީ  އެ ކުއްޖާ ތަނެއްގައި ބާއްވާލައިގެން އިންޖެކްޝަން ބޭނުންކުރުމެވެ. ގޮނޑިއެއްގައި ބަނއިދައިގެން ނުވަތަ އުނގުގައި ބޭނދުމަކީވެސް ކުރެވިދާނެ ކަމެކެވެ.

ސަމާލުކަން އެހެން ދިމާލަކަށް އަނބުރާލުން

އިންޖެކްޝަން ކަށި ބޭނުންކުރާ ވަގުތު ދަރިފުޅުގެ ސަމާލުކަން އެހެން ދިމާލަކަށް އަނބުރާލުމަކީ ކޮށްލެވިދާނެ ކަމެކެވެ. ލަވައެއް ކިޔާލުން، ދަރިފުޅު ގަޔާވާ ވީޑިއޯއެއް ފޯނުން ދައްކާލެވިދާނެއެވެ.

ހަދިޔާއެއް

އިންޖެކްޝަން ޖެހިވަގުތު ދަރިފުޅު ކުރި ހިތްވަރު ފާހަގަކުރުމަށް، ދަރިފުޅަށް ކޮންމެވެސް ހަދިޔާއެއް ދެވިދާނެއެވެ. މިސާލަކަށް ޗޮކްލެޓެއް ނުވަތަ އައިސްކްރީމެއް ފަދަ އެއްޗެއް ދެވިދާނެއެވެ.