އެޗްއައިވީ ހުރި މީހަކަށް ބޭނުންކުރި ޓޫލް، ސްޓެރަލައިޒްނުކޮށް އެހެން ބަޔަކަށް ފަރުވާދީފި

އިންޑިއާގެ އޮޑިޝާ ސްޓޭޓްގެ ހޮސްޕިޓަލެއްގައި، އެޗްއައިވީ ޖެހިފައިވާ މީހަކަށް ދަތުގެ ފަރުވާ ދިނުމަށްފަހު، ޓޫލްތައް ސްޓެރަލައިޒް ނުކޮށް އިތުރު ބަޔަކަށް އެ ޓޫލްތައް ބޭނުންކޮށްގެން ފަރުވާ ދިން ޑޮކްޓަރަކަށް ދައުވާކޮށްފިއެވެ.

އެ ހާދިސާ ހިނގާފައިވަނީ ވީރް ސުރެންދްރަ ސައި އިންސްޓިޓިއުޓް އޮފް މެޑިކަލް ސައިންސަސް އެންޑް ރީސާޗްގައެވެ. އެޗްއައިވީ ޖެހިފައިވާ މީހާއަށް ފަރުވާ ދިނުމަށްފަހު، ޓޫލް ސްޓެރަލައިޒް ނުކޮށް 12 މީހަކަށް އެ ޓޫލްތައް ބޭނުންކޮށްގެން ފަރުވާ ދީފައިވެއެވެ.

އެ މައްސަލައިގައި ދައުވާ އުފުލާފައިވަނީ އެތަނުގެ އެސިސްޓެންޓް ޕްރޮފެސަރު ޕްރަޝާންތު ކުމާރްގެ މައްޗަށެވެ. ރިޕޯޓްތައް ބުނާ ގޮތުން މި ހާދިސާ ހިނގާފައިވަނީ މިމަހުގެ 28 ވަނަ ދުވަހުއެވެ.

މި ހާދިސާ ހިނގުމާއި ގުޅިގެން އެ ހޮސްޕިޓަލްގެ ޑެންޓަލް ޑިޕާޓްމަންޓް މިހާރު ވަނީ ބަންދުކޮށްފައެވެ.

ދައުވާ އުފުލު ޑޮކްޓަރު ބުނި ގޮތުގައި، އާންމު އުސޫލުގެ ދަށުން ޕޭޝަންޓްގެ ކާޑުގައި އެއީ އެޗްއައިވީ ހުރި މީހެއްކަން ނުވަތަ ނޫންކަން ޕޭޝަންޓްގެ ކާޑުގައި ހިމަނާފައި އޮންނަ ކަމަށެވެ. ނަމަވެސް ދަތުގެ ފަރުވާ ދިން އެޗްއައިވީ ޕޭޝަންޓްގެ ކާޑުގައި އެ މައުލޫމާތު ނެތް ކަމަށް ޑޮކްޓަރު ބުންޏެވެ،