ނިދުމުގެ ކުރިން އުފާވެރިކަން

ލޯބިން އެކުގައި އުޅެން ކުރެވޭ ކައިވެނި ދެމެހެއްޓުމަށް ކޮންމެ ދެމަފިރިއަކުވެސް ބޭނުންވާނެއެވެ. އުފާވެރި އަދި ހިތްހަމަޖެހޭ ދިރިއުޅުމަކަށް ބޭނުންވާނެއެވެ.

ދުވަހުގެ ބިޒީ މަސައްކަތަށްފަހު، ގިނަފަހަރު ދެމަފިރިންނަށް އެކުގައި ވަގުތު ހޭދަކޮށްލެވެނީ ރޭގަނޑެވެ. މިއީ ރޭގަނޑު ނިދުމުގެ ކުރިން ލިބޭ ވަގުތު ކޮޅަކީ އުފާވެރި ވަގުތުކޮޅަކަށް ހެދުމަށް ކުރެވިދާނެ ބައެއް ކަންކަމެވެ.

ފޯނާއި ދުރުވެލުން

ސްމާޓްފޯނަކީ، ދިރިއުޅުމުގެ ބަޔަކަށް މިހާރު މިވަނީ ވެފައެވެ. ފޯނަށް މިވަނީ ވަރަށް ބޮޑަށް ބަރޯސާވެވިފައެވެ. ނަމަވެސް އާއިލީ ގުޅުންތަކަށް ނޭދެވޭ އަސަރުކުރާ އެއްޗަކަށް، ބައެއް ފަހަރު ސްމާޓްފޯނު ވެއެވެ. އަނބިމީހާ/ފިރިމީހާ އާއެކު ހޭދަކޮށްލަން ލިބޭ މިވަގުތުކޮޅު ފޯނު ސައިލެންޓްގައި ބާއްވާށެވެ. ވަރަށް އިމަޖެންސީ ހާލަތެއްގައި މެނުވީ ފޯނު ބޭނުން ނުކުރާށެވެ.

އެނދަށް އޮފީސް މަސައްކަތް ނުގެނައުން

ނިދަން ތައްޔާރުވެ، އެނދުގައި ހަމަޖެހިލުމަށްފަހުވެސް އޮފީހުގެ މަސައްކަތެއް ކުރުމަށް ލެޕްޓޮޕް ހުޅުވާލެވޭ ހެއްޔެވެ؟ އެހެންކަމަށްވާނަމަ މިއީ ވީހާވެސް އަވަހަކަށް މި އާދައާ ދުރުވާށެވެ. އޮފީހުގައި ކުރާނީ އޮފީހުގެ މަސައްކަތެވެ. ގޭގައިވެސް އޮފީހުގެ މަސައްކަތް ކުރަން ޖެހޭނަމަ އާއިލާއަށް ދޭނެ ވަގުތެއް ނޯންނާނެއެވެ.

ރުޅިވެރިކަން ނުބާއްވާ، މާފުކުރޭ

ކޮންމެވެސް ސަބަބަކާހުރެ، އަނބިމީހާ ނުވަތަ ފިރިމީހާވެސް ރުޅި އައިސްފައި ހުރެދާނެއެވެ. އުފާވެރިކަން ގެނައުމަށް، ރޭގަނޑު ނިދުމުގެ ކުރިން މައްސަލަ ހައްލުކޮށްލުމާއި ގުޅޭ ގޮތުން މަޝްވަރާކޮށްލާށެވެ. މާފަށް އެދެންޖެހޭވަރުގެ ކަމެއް ކުރެވިފައިވާނަމަ ރީތި ގޮތަކީ މާފަށް އެދުމާއި މާފުކުރުމެވެ.