އުފަންވާއިރު ބަރުދަން ލުއި ނަމަ އިންފާޓިލިޓީގެ ރިސްކް ބޮޑު

އުފަންވާއިރު އާދަޔާހިލާފަށް ބަރުދަން ލުއިކޮށް ހުންނަ ފިރިހެން ކުދިންނަށް، އިންފާޓިލިޓީގެ ރިސްކް ބޮޑު ކަމަށް ދިރާސާއަކުން ދައްކައިފިއެވެ.

ޖަރުމަނުގެ ދިރާސާކުރާ ޓީމަކުން، އެ ދިރާސާ ކުރީ 1984 ވަނަ އަހަރާއި 1987 ވަނަ އަހަރާއި ދެމެދު އުފަންވި 10936 ފިރިހެން ކުދިންނާއި އަންހެން ކުދިންގެ ސިއްހީ މައުލޫމާތުތައް ބަލަހައްޓައިގެންނެވެ.

ދިރާސާއަށްފަހު އެ ޓީމުން އާންމުކުރި ރިޕޯޓުގައިވާ ގޮތުން، ދިރާސާގައި ބައިވެރިކުރި ކުދިންގެ ތެރެއިން 10 އިންސައްތަ ކުދިންނަކީ އުފަންވިއިރު އާދަޔާހިލާފަށް ބަރުދަން ލުއި އަދި އާންމުކޮށް އަލަށް އުފަންވާ ތުއްތު ކުއްޖަކާއި އަޅާބަލާއިރު ކުދިކޮށް ތިބި ކުދިންނެވެ.

އުފަންވިއިރު އާދަޔާހިލާފަށް ބަރުދަން ލުއި ފިރިހެން ކުދިންގެ ތެރެއިން 55 އިންސައްތައަށް، އެ މީހުންގެ އުމުރުން 18 އަހަރާއި 30 އަހަރާއި ދެމެދު އިންފާޓިލިޓީގެ މައްސަލަ ކުރިމަތިވެ ފަރުވާ ހޯދަން ޖެހުނުކަން ފާހަގަ ކުރެވުނު ކަމަށް ދިރާސާކުރި ޓީމުން ބުންޏެވެ.