އަންހެން ކުއްޖާގެ ފަރާތުން މައިދައިތައަށް މެސެޖެއް!

ކައިވެނި ކުރެވުމާއެކު، ފެށިގެން އެދަނީ މުޅިން އާ ދިރިއުޅުމެކެވެ. ފަހަރުގައި ތިމާގެ މައިންބަފައިން ދޫކޮށް އަނބިމީހާ/ފިރިމީހާގެ އާއިލާއާއެކު އުޅުމަށްވެސް ދާންޖެހިދާނެއެވެ. ދިރިއުޅުމަށް ބޮޑެތި ބަދަލުތަކެއް އަންނާނެއެވެ.

މީގެ ތެރެއިންވެސް ގިނައީ، ފިރިމީހާގެ އާއިލާއާއެކު ދިރިއުޅުމަށް އަންނަ އަންހެން ކުދިންނެވެ. މިފަދަ ގިނަ އަންހެން ކުދިންނަކީ ފިރިމީހާގެ ގޭގައި ކުރަން ހުންނަ ކަންކަން ކުރަމުން އޮފީހުގައި ވަޒިފާ އަދާކުރަމުންދާ ކުދިންނެވެ. ފިރިމީހާގެ އާއިލާގެ މެންބަރުން "ރުއްސައިގެން" އުޅުމަކީ މިފަދަ އަންހެން ކުދިންނަށް ދިމާވާ އެންމެ ބޮޑު ގޮންޖެހުމެވެ.

ކައްކަން ނޭނގުމަކީ މައްސަލައެއް ނޫން

އަންހެން ކުއްޖަކަށް، ވަށްކޮށް ރޮއްޓެއް ދަމަން ނޭނގުމަކީ މައްސަލައެއް ނޫނެވެ. އާންމުކޮށް ގޭގެ ބަދިގޭގައި ކައްކާ އެއްޗެއް ކަންކަން ނޭނގުމަކީވެސް މައްސަލައެއް ނޫނެވެ. ކައްކާ އެއްޗެއްގައި ރަހަ ނުލުން ނުވަތަ ރަހަ ގަދަވުމަކީ ޝަކުވާ ކުރަންވީ ކަމެއް ނޫނެވެ.

ފިރިހެން ކުއްޖާއަށް މީރު ރަހަތަކުގެ ކެއުން ކައްކާ ކާންދިން މަންމައާއި، ކެއްކުމުގެ ދާއިރާއިން ވާދަކުރުމަކީ އަންހެން ކުއްޖާއަށް ފަހަރުގައި އުނދަގޫ ކަމަކަށް ވެދާނެއެވެ. މީރުކޮށް ކަންކަން ދަސްކުރެވޭނެއެވެ. ނަމަވެސް އެއީ މައިދައިތައާއި ވާދަކުރުމަށް ކުރާ ކަމެއް ނޫނެވެ.

ގޭތެރޭގެ ކަންކަމުގައި ފިރިމީހާ އެހީވުން: އެއީ އަނބިދަށުވުމެއް ނޫން

ގޭތެރޭގެ މަސައްކަތްތަކުގައި ފިރިމީހާ، އަނބިމީހާއަށް އެހީތެރިވާނަމަ ވަރަށް ގިނަ ފަހަރު އެކަން ފިރިހެން ކުއްޖާގެ އާއިލާއިން ނަގަނީ "ނެގެޓިވް" ކޮށެވެ. ފިރިހެން ކުއްޖާ ހުރީ "އަނބިދަށުކޮށްފައި" ކަމަށް ބުނެ އުޅެއެވެ.

ހަގީގަތަކީ މިއީއެވެ. ގޭތެރޭގެ ކަންކަމުގައި އަނބިމީހާއަށް، ފިރިމީހާ އެހީތެރިވުން އަދި ފިރިމީހާގެ އެހީއަކަށް އެދުމަކީ "ދަށު" ކުރުމެއް ނޫނެވެ. އެއީ ލޯބި އިތުރުވެގެންދާނެ ކަމެކެވެ.

އަމިއްލަ މައިންބަފައިން ދެކެ ލޯބިވާން ޖެހޭނެ

އަންހެން ކުއްޖާގެވެސް އާއިލާއެއް އޮންނާނެއެވެ. މައިންބަފައިން ތިބޭނެއެވެ. އެ އަންހެން ކުއްޖާ ކައިވެނިކޮށް ފިރިމީހާގެ ގެއަށް ބަދަލުވި ނަމަވެސް އެއީ އެ އަންހެން ކުއްޖާގެ މައިންބަފައިންނާއި ގުޅުން ކަނޑާލަން ޖެހޭ ކަމެއް ނޫނެވެ.

އަންހެން ކުއްޖާގެ މައިންބަފައިންނަށް، އެ އަންހެން ކުއްޖާ އަބަދުވެސް ވާނީ އެ އާއިލާގެ ލޯބި ކުޑަކުޑަ އަންހެން ކުއްޖާއަށެވެ. އެކަމަށް ބަދަލެއް ނާންނާނެއެވެ. އެހެންވީމާ އަންހެން ކުއްޖާ އޭނާގެ މައިންބަފައިންނާއެކު ވަގުތު ހޭދަކުރުމަކީ މައްސަލައަކަށް ނަހަދާށެވެ.

ވަޒީފާއަށް ދަނީ ކަންކަމުން ރެކޭކަށް ނޫން

އަނބިމީހާ ވަޒީފާއަށްދާނަމަ ދާންވާނީ ފިރިމީހާގެ ފުރިހަމަ ރުހުން ލިބިގެންނެވެ. ދިރިއުޅުމުގެ ކަންކަން ހުރި ގޮތުން އާއިލާގެ ބޭނުންތައް ފުއްދުމަށް ދެމަފިރިންވެސް މަސައްކަތް ކުރަންޖެހޭ ހާލަތަށް މިވަނީ ގޮސްފައެވެ.

ބައެއް އާއިލާތަކުގައި، ފިރިހެން ކުއްޖާގެ އަނބިމީހާ ވަޒީފާއަށް ދަނީ ގޭތެރެ މަސައްކަތްތައް ނުކޮށް "ރެކުމަށް" ކަމަށް ބުނެ އުޅެއެވެ. ފަހަރުގައި ބައެއް ފަހަރު މިއީ މިކަން ހިނގާ ގޮތް ކަމަށްވެސް ވެދާނެއެވެ. ނަމަވެސް މިއީ އަބަދު ކަން ހިނގާ ގޮތެއް ނޫނެވެ. އަންހެން ކުއްޖާ ވަޒީފާއަށް ދަނީ ފިރިމީހާއާއެކު އުފާވެރި ދިރިއުޅުމެއް ހޯދުމަށެވެ.

މަންމަގެ ލޯބި ދަރިފުޅު

ވަރަށް ތެދު ވާހާކާއެއް. ނަމަވެސް ހުރިހާ ކަމެއް ދެނަހުރެމެ ގެއަށް ގެންނަ ފަހަރިންނަށް އަޅުންގެ ދަރަޖަ ދީ ހިއްދަތި ދިރިއުޅުން އުޅެން ޖައްސާ މައިދައިތަމެން ވަރަށް ވަރަށް ގިނަ ވެއްޖެދޯ. އަހަރެންވެސް ދެލޮލުން ކަރުނަ ހިލޭ ކަންކަމާ ވިސްނާލިޔަސް