އެންގޭޖް ވިކަން ހާމަކޮށް އެމާ އާއި ޑޭވް އާންމުކުރި ފޮޓޯ

އެމާ އާއި ޑޭވް ކައިވެނިކޮށްފި

އެކްޓްރެސް އެމާ ސްޓޯން އާއި ޑޭވް މެކޭރީ ކައިވެނިކޮށްފިއެވެ.

އުމުރުން 31 އަހަރުގެ އެމާ އާއި އުމުރުން 35 އަހަރުގެ ޑޭވް އެންގޭޖްވެފައިވާކަން ހާމަކުރީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައެވެ. މިއަހަރުގެ މާޗް މަހުގެ ތެރޭގައި ކައިވެނި ކުރަން ހަމަޖެއްސުމަށްފަހު، ކައިވެނި އޭރު ފަސްކުރީ ކޮވިޑް-19 އާ ގުޅިގެންނެވެ. ނަމަވެސް މިހާރު އެ ދެ މީހުން ވަނީ ކައިވެނިކޮށްފައެވެ.

ރިޕޯޓްތައް ބުނާ ގޮތުން އެމާ އާއި ޑޭވް ފުރަތަމަ ބައްދަލުވެފައި ވަނީ 2016 ވަނަ އަހަރުގެ ފަހުކޮޅު، "ސަޓަޑޭ ނައިޓް ލައިވް" ޓީވީ ޝޯ އިންނެވެ. ޑޭވް އަކީ އެ ޝޯގެ ސެގްމަންޓް ޑައިރެކްޓަރެއްގެ ގޮތުގައި މަސައްކަތްކުރި މީހެކެވެ. އަދި އެމާ އަކީ އެ ޝޯއަށް ގެނެވުނު މެހުމާނެކެވެ.