ކްރިތީ ކުލްހާރީ

ކުޑަކުދިންނަށް އަހަރެން ފާހަގަކުރެވުނީ "މިޝަން މަންގަލް" އިން: ކުލްހާރީ

ކުޑަކުދިންނަށް އޭނާ ފާހަގަކުރެވުނީ ފިލްމް "މިޝަން މަންގަލް" ގެ ސަބަބުން ކަމަށް އެކްޓްރެސް ކްރިތީ ކުލްހާރީ ބުނެފިއެވެ.

ފިލްމް ރިލީޒްކުރިތާ އަހަރުވުމާއި ގުޅިގެން ކްރިތީ ކުލްހާރީ ބުނީ ކުޑަކުދިންވެސް އެ ފިލްމް އާންމުކޮށް ބަލާކަމަށް ބެލެނިވެރިން އޭނާ ގާތު ބުނެފައިވެއެވެ. ބޮކްސް އޮފީހުގައި 200 ކްރޯޑް ރުޕީސް ހޯދި އެ ފިލްމަކީ ހަނދާނުންފިލުވާލަން އުނދަގޫ ފިލްމެއް ކަމަށް އޭނާ ވަނީ ބުނެފައެވެ.

ޖަގަން ޝަކްތީ ޑައިރެކްޓްކުރި މި ފިލްމަކީ، އިންޑިއާ އިން މާސް އަށް ދާން ކުރިއަށް ގެންދާ މިޝަން އަށް ބިނާކޮށްފައިވާ އުފެއްދި ފިލްމެކެވެ.

މި ފިލްމްގެ ކާސްޓުންގެ ތެރޭގައި އަކްޝޭ ކުމާރް، ވިދްޔާ ބަލަން، ތާޕްސީ ޕައްނޫ އަދި ސޮނާކްޝީ ސިންހާ ހިމެނެއެވެ.