ރާކޭޝް އަދި ޕިންކީ ރޯޝަން

ޕިންކީ ރޯޝަންވެސް ކޮވިޑަށް ޕޮޒިޓިވްވެއްޖެ

ބޮލީވުޑްގެ އެކްޓަރު ރިތިކް ރޯޝަންގެ މަންމަ ޕިންކީ ރޯޝަން، ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެއެވެ.

ޕިންކީ ރޯޝަން ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާކަން ހާމަކުރީ އޭނާގެ ފިރިމީހާ އަދި ރިތިކްގެ ބައްޕަ ރާކޭޝް ރޯޝަންއެވެ.

އިންޑިއާގެ ބައެއް ނޫސްތަކަށް މައުލޫމާތު ދެމުން ރާކޭޝް ރޯޝަން ބުނި ގޮތުގައި، ކޮވިޑް-19 ގެ އަލާމަތްތައް ޕިންކީގެ ކިބައިން ނުފެނެއެވެ. މިވަގުތު ޕިންކީ ހުރީ ގޭގައި ކަރަންޓީންވެގެން ކަމަށްވެސް ރާކޭޝް ވަނީ ބުނެފައެވެ.

ރާކޭޝްއަކީ އިންޑިއާގެ އެކްޓަރެއްގެ އިތުރުން ޕްރޮޑިއުސަރެއް އަދި ފިލްމް ޑައިރެކްޓަރެކެވެ.