ހަށިގަނޑަށް ސަމާލުކަން ބޭނުންވާކަން އަންގައިދޭ 5 ކަމެއް
ހަށިގަނޑަށް ސަމާލުކަން ބޭނުންވާ ކަމުގެ އިޝާރާތްތައް، ހަށިގަނޑު އެކި ގޮތްގޮތުން އެ އިންސާނާއަށް އަންގައިދޭން މަސައްކަތް ކުރެއެވެ. މިކަހަލަ އިޝާރާތްތަކަކީ ސަމާލުވާން ޖެހޭ ވަރަށް މުހިންމު ކަމެކެވެ.
އަބަދު ބޯ އެނބުރުން
ބޯ އެނބުރުމަކީ ވަރަށް އާންމުކަމެކޭ ހީވެދާނެއެވެ. ނަމަވެސް މިއީ މުޅިން ރަނގަޅު ހީވުމެއް ނޫނެވެ. ވަރަށް ގިނަ ސަބަބުތަކާހުރެ ބޯ އަނބުރަފާނެއެވެ. ކުއްލިއަކަށް ލޭގެ ޕްރެޝަރު ދަށްވާނަމަ ނުވަތަ ހަކުރު ދަށްވާނަމަ ބޯ އަނބުރަފާނެއެވެ. އަދި މާ ބޮޑަށް ލޮޑުވާނަމަވެސް ބޯ އަނބުރަފާނެއެވެ.
އަބަދު ވަރުބަލިވެފައި ހުރުން
ރަނގަޅަށް 8 ގަޑިއިރުގެ ނިދި ލިބުމަށްފަހުވެސް ވަރުބަލިވާނަމަ ލަސްނުކޮށް ޑޮކްޓަރަކަށް ދައްކަންވާނެއެވެ. ލޭގެ ޕްރެޝަރާއި ވިޓަމިން ލެވަލް ޗެކްކޮށްލަންވާނެއެވެ.
އަބަދު ބޮލުގައި ރިއްސުން
އަބަދު ބޮލުގައި ރިއްސާނަމަ ނުވަތަ ބޮލުގައި ރިއްސުން މާގިނަ ދުވަހަށް ހުންނަނަމަ ޑޮކްޓަރަކަށް ދައްކަންވާނެއެވެ. ތަދުކަނޑުވާ ބޭސް ބޭނުންކޮށް މިއީ އާދައިގެ ކަމަކަށް ނަހަދާށެވެ. ނިއުރޮލޮޖިސްޓަކަށް ދައްކާލާށެވެ.
މަސްގުޅަ ކެއުން
މާބޮޑަށް ހަރަކާތްތެރިވެ އުޅުމަށްފަހު މަސްގުޅަ ކާނަމަ އެއީ އާންމު ކަމެކެވެ. ނަމަވެސް މާ ގިނަ ދުވަހު އެ ކަން ހުންނަނަމަ ފިޒެޔޮތެރަޕިސްޓަކަށް ދައްކާށެވެ. އެޔަށްފަހުވެސް ރަނގަޅު ނުވާނަމަ ކަމާބެހޭ ސްޕެޝަލިސްޓް ޑޮކްޓަރަކަށް ދައްކާށެވެ.
އަބަދު ބުރަކަށީގައި ރިއްސުން:
އަބަދު ބުރަކަށީގައި ރިއްސާނަމަ އެއީ ސްޓްރެސްގެ ސަބަބުން ނުވަތަ ނިދަން އޮވެވޭ ގޮތަކުން ކަމަށް ވެދާނެއެވެ. ޑިސްކް ގުޑުމުގެ ސަބަބުންވެސް ބުރަކަށީގައި ރިއްސުމަކީ އެކަށިގެންވާ ކަމެކެވެ. މިއީ އާދައިގެ ކުޑަ ކަމަކަށް ހަދައިގެން އަޅާ ނުލައި ހުރެއްޖެނަމަ ވަރަށް ނުރައްކާތެރި ހާލަތަކަށް ހިނގައިދާނެއެވެ.