ފްލައިޓްގެ އެންމެ މުޑުދާރު އެއްތަނަކީ ސީޓް-ބެކް ޕޮކެޓް

ކޮމާޝަލް ފްލައިޓަށް އަރައި، ހަމަޖެހިލުމަށްފަހު ގިނަ މީހުން އަވަސްވެ ގަންނަނީ ކުރިމަތީގައި ހުރި ސީޓްގެ ބެކް-ޕޮކެޓްގައިވާ ފޮތްތަކާއި ފްލައިޓް ސޭފްޓީ ޝީޓް ކިޔާލުމަށެވެ. ބައެއް ފަހަރު ތިމާ ގެންގުޅޭ ހެޑްސެޓް ނުވަތަ ލެޕްޓޮޕްވެސް މި ބެކް-ޕޮކެޓަށް ލެވޭތަން އާދެއެވެ.

ފްލައިޓްގައި އެންމެ މުޑުދާރު އެއްތަނުގެ ގޮތުގައި ބެލެވެނީ މި ބެކް-ޕޮކެޓެވެ. އާސްކް ރެޑިޓްގައި، ރެޑިޓް ބޭނުންކުރާ ފްލައިޓް އެޓެންޑެންޓެއް ބުނީ، އެއްވެސް ހާލަތެއްގައި މި ބެކް-ޕޮކެޓް ބޭނުން ނުކުރުމަށް އެދޭ ކަމަށެވެ.

މި ބެކް-ޕޮކެޓަކީ ފަސިންޖަރުން ކުނި އެޅުމަށްވެސް ބޭނުންކުރާ އެއްޗެކެވެ. އަނެއް ދަތުރަށް ފަސިންޖަރުން އެރުމުގެ ކުރިން، މި ބެކް-ޕޮކެޓްތަކުގައި ހުރި ކުނިތައް ނަގާނެއެވެ. ނަމަވެސް ބެކް-ޕޮކެޓް "ސާފު" ނުކުރެވޭ ކަމަށް އޭނާ ވަނީ ބުނެފައެވެ. ހަޑިކޮށްފައި ހުންނަ ޓިޝޫ، ސިކް ބޭގްސް، އިސްޓާކީނި، ޗުއިންގަމް، އެއްބައި ކައިފައި ހުންނަ ކާނާވެސް މި ބެކް-ޕޮކެޓަށް އަޅާފައި ހުރެއެވެ.

އެހެންކަމުން ދެން ފްލައިޓެއްގައި ދަތުރެއް ކުރާއިރު، މި ބެކް-ޕޮކެޓް ބޭނުންކުރުމުގެ ކުރިން ވިސްނާލާށެވެ. މިއީ ވަރަށް ފަސޭހައިން ބަލިމަޑުކަމެއް ފެތުރިދާނެ ކަމެކެވެ. ނޭނގި ނަމަވެސް މި ބެކް-ޕޮކެޓް ބޭނުން ކުރެވިދާނެއެވެ. ރައްކާތެރިކަމަށް އަޅާ ފިޔަވަޅެއްގެ ގޮތުން ހޭންޑް ސެނިޓައިޒާ ބޭނުން ކުރެވިދާނެއެވެ.