ހަކުރުބަލިން ރަނގަޅުވުމަކީ ކުރެވިދާނެ ކަމެއް!

އިންސުލިން ޖަހަން ނުޖެހޭ ވައްތަރުގެ ހަކުރުބަލި ނުވަތަ ޓައިޕް 2 ޑައިބިޓީސް އިން އަރައިގަތުމަކީ ވާނެ ކަމެއްކަން ދިރާސާއަކުން ދައްކައިފިއެވެ. އާ ދިރާސާ އިން ދައްކާ ގޮތުން ރަނގަޅު ޑައިޓަކާއެކު ޓައިޕް 2 ޑައިބިޓީސް އިން އަރައި ގަތުމަކީ ވާނެ ކަމެކެވެ.

މިކަމުގެ ސިއްރަކީ ބަރުދަން ލުއިކުރުމެވެ. ނަމަވެސް ގިނަ މީހުންނަށް އެންމެ ދަތި ކަމަކަށްވަނީ ބަރުދަން ލުއިކުރުމެވެ.

ދިރާސާ އިން ދައްކާ ގޮތުން، ޓައިޕް 2 ޑައިބިޓީސް ޖެހޭތާ ފުރަތަމަ ފަސް އަހަރު ތެރޭގައި ބަރުދަނުގެ 10 އިންސައްތަ ލުއިކޮށްފި ކަމުގައިވާނަމަ ބަލި ޖެހުމުގެ ކުރިން ހަށިގަނޑު މަސައްކަތް ހުރި ހާލަތައް ރުޖޫއަވުމުގެ ފުރުސަތު ވަރަށް ބޮޑެވެ.

ހަކުރު ބައްޔަކީ ބޭސް ކައިގެންނާއި ދިރިއުޅުމަށާއި ކާއެއްޗިއްސަށް ކުދި ކުދި ބަދަލު ގެނެސްގެން ކޮންޓްރޯލް ކުރެވިދާނެ ބައްޔެކެވެ. ނަމަވެސް ކޮންޓްރޯލް ކުރުމާއި ބަލިން އަރައިގަތުމަކީ މުޅިން ތަފާތު ދެކަމެވެ.

ހަކުރުބަލި ހުރި 867 މީހަކު ބައިވެރިކޮށްގެން ކުރި ދިރާސާއެއްގައި، ކޮންމެ މީހަކަށް ކޮންމެ ދުވަހެއްގެ ކެއުމުގައި ހިމަނާވަނީ 700 ކެލޮރީއަށްވުރެ އިތުރު ނުވާވަރަށެވެ. 8 ހަފުތާ ވަންދެން ކުރިއަށް ގެންދިޔަ މި ދިރާސާއިން 10 މީހުންގެ ތެރެއިން ނުވަ މީހުން ހަކުރު ބަލިން ރަނގަޅުވެފައިވާ ކަމަށް ދިރާސާކުރި ފަރާތުން ބުންޏެވެ.

މި ދިރާސާގައި ބައިވެރި ކުރުވީ ހަކުރު ބަލި ޖެހިފައި، މާ ގިނަ ދުވަސް ނުވާ މީހުންނެވެ. ބަލި ޖެހި، ގިނަ ދުވަސްވެފައިވާ މީހުންނަށް މި ނަތީޖާ ނުފެނިދާނެއެވެ.