ހޫނު ސައިތަށި ބަންޑުންވެ ހިނގި ހާދިސާގައި އަނިޔާލިބުނު ކުއްޖާ

ބެލެނިވެރިން ސަމާލުވާން ޖެހޭ: މި ކުއްޖާއަށް ދިމާވި ހާދިސާ އެނގޭތަ؟

ކުޑަކުދިން ބެލެހެއްޓުމުގައި ވަރަށް ބޮޑަށް ސަމާލުކަން ދޭންޖެހޭކަން އިނގިރޭސިވިލާތުގައި ހިނގި މި ހާދިސާއިންވެސް މިވަނީ ހާމަވެފައެވެ. މި ކުއްޖާއަށް ދިމާވި ހާދިސާގެ ވާހަކަ، އިނގިރޭސިވިލާތުގެ ބައެއް ބޮޑެތި ނޫސްތަކުން ވަނީ ގެނެސްދީފައެވެ.

ރިޕޯޓްތައް ބުނާ ގޮތުން، ސްކޮޓް ގްރޭ ނަމަކަށްކިޔާ މީހަކު ހޫނު ސައިތައްޓެއް ތައްޔާރުކުރިއެވެ. އޭރު ސްކޮޓް ދިޔައީ އޭނާގެ ހަތަރު އަހަރުގެ ދަރިފުޅާއި ދެ އަހަރުގެ ދަރިފުޅާއެކު ކުޅެމުންނެވެ. ކުޅެން އުޅުމުގެ ތެރޭގައި ހަތަރު އަހަރުގެ ދަރިފުޅުގެ އަތުން ޖެހި، ހޫނު ސައިތަށި ބަންޑުންވީ އެ ކުއްޖާގެ އުނގަށެވެ.

ސްކޮޓް ބުނި ގޮތުގައި ސައިތަށި ބަންޑުންވުމާއެކު، އޭނާ ވަނީ ހަތަރު އަހަރުގެ ދަރިފުޅު އެވަގުތު ލައިގެން ހުރި ޓްރައިޒާ ބާލާފައެވެ. ނަމަވެސް ޓްރައުޒާއާއެކު އެ ކުއްޖާގެ ފައިގެ ފަލަމަސްގަނޑުގެ ހަންގަނޑުވެސް ނެއްޓިގެން އައެވެ.

ދަރިފުޅަށް އަވަަހަށް ފަރުވާ ދިނުމުގެ ގޮތުން، އޮހިގެންދާ ފިނިފެން އެ ކުއްޖާގެ ފަލަމަސްގަނޑަށް އެޅޭ ގޮތަށް ސްކޮޓް ބެހެއްޓިއެވެ. އަދި އެމްބިއުލާންސަށް ގުޅައި ހޮސްޕިޓަލަށް ގެންދިޔައެވެ.

ސިއްހީ މާހިރުން ބުނާ ގޮތުން، މިފަދަ ހާދިސާއެއް ހިނގައިފި ނަމަ ފަރުވާ ދިނުމަށް އަންނައުނުން ބައެއް ކަފާލައިގެން ނަމަވެސް އެ ސަރަހައްދު ހާމަކުރަން ޖެހެއެވެ. އަދި އޮހިގެންދާ ފިނިފެން އެތަނަކަށް އެޅޭ ގޮތަށް މަދުވެގެން 20 މިނެޓް ބަހައްޓަން ޖެހެއެވެ.

އަނގޮޓި، ކެވެލި، ގަޑި ނުވަތަ އެނޫންވެސް ގަހަނާއެއްވާނަމަ އެ ގަހަނާއެއް ނަގަންޖެހެއެވެ.