16 އަހަރުގައި 20 ކިލޯ ލުއިކޮށްލި އުދޭ

އާދަޔާ ހިލާފަށް ބަރުދަން އިތުރުވުމަކީ ވަކި އުމުރަކަށް އޮތް ކަމެއް ނޫނެވެ. އުމުރުން ވަރަށް ހަގު އިރުވެސް ބަރުދަން ހުންނަން ޖެހޭ މިންވަރަށްވުރެ މަތީގައި ހުރެދާނެއެވެ.

މިއީ އުމުރުން 16 އަހަރުގެ އުދޭ ގުޕްތާއެވެ. އިސްކޮޅުގައި ފަސް ފޫޓު 10 އިންޗި ހުންނަ އުދޭ ގުޕްރާގެ ބަރުދަން އެންމެ މަތިވިއިރު، ބަރުދަނުގައި ހުރީ 100 ކިލޯއެވެ. ކަސްރަތާއި ޑައިޓުން ފަސް މަސް ދުވަހުގެ ތެރޭގައި އުދޭ ގުޕްރާ ވަނީ އޭނާގެ ބަރުދަނުން 20 ކިލޯ ދުއްވާލާފައެވެ.

ބަރުދަން ލުއިކުރަން އުދޭ ގުޕްތާ ނިންމީ ކިހާ ހިސާބަކުން؟

ޓައިމްސް އޮފް އިންޑިއާއަށް މައުލޫމާތު ދެމުން އުދޭ ގުޕްރާ ބުނި ގޮތުގައި އޭނާ ކުރިން ލަމުން ދިޔައީ އެކްސްއެލް ސައިޒްގެ ޓީޝާޓެވެ. ފަލަވުމުގެ ސަބަބުން ޓީޝާޓުގެ ސައިޒް 3 އެކްސްއެލް އަށް ބަދަލުކުރަން ޖެހުނުއިރު، އުދޭ ގުޕްތާގެ އުނަގަނޑުގެ ވަށަމިނުގައި 46 އިންޗި ހުއްޓެވެ.

އެ ހިސާބުން އަދި ނިމުނީއެއް ނޫނެވެ. ފަލަވުމުގެ ސަބަބުން، އުދޭ ކިޔަވަމުން ދިޔަ ސްކޫލުގެ ދަރިވަރުންގެ ފަރާތުން އޭނާއަށް ފުރައްސާރަ ކުރިމަތިވިއެވެ. ފަލަކަން ނުދެއްކުމަށް ގަޔަށް ވަރަށް ދޫ ޓީޝާޓު ލާން ޖެހުނު ކަމަށް އުދޭ ބުންޏެވެ.

އުދޭ އަކީ ކުލާހުގައި ހުރި އެންމެ ފަލަ ކުއްޖާ ކަމަށް، އުދޭގެ އެކުވެރިއަކު ބުނި ޖުމްލަ ވެގެން ދިޔައީ ބަރުދަން ލުއި ކުރަން ވެއްޖެކަން ގަބޫލުކޮށް އެ މަސައްކަތް ފަށަށް މެދުވެރިވި ޖުމްލައަށެވެ.

ހެނދުނުގެ ނާސްތާ: ދެ ބިސް (ފެނު ކެއްކި)، 1 ތަށި ކިރު ނުވަތަ 2 ފޮތި ޕާން، ޕަނީރްއާއެކު

މެންދުރުގެ ނާސްތާ: 2 ޗަޕާތީ، 1 ތަށި ސަބްޒީ ނޫނީ ސާލް، 1 ބިސް. ނުވަތަ 1 ޗަޕާތީ 2 ބިސް. މެންދުރުގެ ކެއުމަށްފަހު ގްރީން ޓީ

ރޭގަނޑުގެ ކެއުން: 1 ތަށި ސޫޕް ނުވަތަ މޭވާ (އާފަލު، އަލަނާސި ނުވަތަ ފަޅޯ ހިމެނޭ ގޮތަށް)

ކަސްރަތު ކުރަން ފެށުމުގެ ކުރިން 1 ތަށި ކަޅު ކޮފީ ބޯ އިރު، ކަސްރަތަށްފަހު ދޮންކެޔޮ ވަކެއް ކާ ކަމަށް އުދޭ ބުންޏެވެ.

ބަރުދަން ލުއިކުރުމަށް މަސައްކަތް ކުރިއިރު މަދުން ނަމަވެސް ޑައިޓާ ހިލާފުވެފައި ހުންނާނެ ކަމަށް އުދޭ ބުންޏެވެ. އެގޮތުން އުފަންދުވަސް އަދި ކައިވެނި ޕާޓީތައް އޮންނަ ދުވަސްދުވަހު ޑައިޓާއި ހިލާފަށް ކެވިފައި ހުންނާނެ ކަމަށާއި ބައެއް ހަފުތާ ބަންދުތަކުގައި ތެލުލި ކުކުޅު ކެވިފައި ހުންނާނެ ކަމަށްވެސް އުދޭ ބުންޏެވެ.

އުދޭ ބުނި ގޮތުގައި ކަސްރަތުކޮށް ބަރުދަން ލުއިކުރުމަށް އޭނާ ޖިމަކަށް ނުދެއެވެ. އޭގެ ބަދަލުގައި 100 މިނެޓު ވަންދެން ހިނގުން ނުވަތަ 1000 ސްޓެޕްސް އަށް ހިނގުން، ކަސްރަތެއްގެ ގޮތުގައި ކުރި ކަމަށް އުދޭ ބުންޏެވެ. އޭގެ އިތުރުން 15 މިނެޓު ވަންދެން ޖަމްޕިން ޖެކްސް، ޕްލޭންކް، ސްކޮޓްސް އަދި ޑަމްބެލް އުފުއްލި ކަމަށްވެސް އޭނާ ބުންޏެވެ.ުދޭ