3 މަސް ދުވަހުން 20 ކިލޯ ލުއިކޮށްލި ފާއިޒް
މުމްބާއީއަށް ނިސްބަތްވާ ފާއިޒް މުހައްމަދު ބަރުދަން ލުއިކުރަން ކުރި މަސައްކަތުން، ބަރުދަން ލުއިކުރަން ބޭނުންވާ މީހުންނަށް ނަމޫނާ ނެގިދާނެއެވެ.
ބަރުދަން ލުއިކުރަން ކުރި މަސައްކަތް ޓައިމްސް އޮފް އިންޑިއާއަށް ހިއްސާކުރަމުން ފާއިޒް ބުނި ގޮތުގައި އޭނާގެ ބަރުދަން އެންމެ މައްޗަށް ދިޔައިރު ހުރީ 103 ކިލޯއެވެ. ތިން މަސް ދުވަހުގެ މަސައްކަތުން ފާއިޒް ވަނީ 20 ކިލޯ ލުއިކޮށްލާފައެވެ.
ފާއިޒް ބުނި ގޮތުގައި އޭނާ ވަޒީފާ އަދާކުރަނީ ހެނދުނު 10 އިން އިރުއޮއްސި 6 އަށެވެ. ގެއަށް އާދެވޭއިރު ހުންނަނީ ވަރަށް ބޮޑަށް ވަރުބަލިވެފައި ކަމަށާއި ނޭވާކުރުވެ ވަރުބަލިވާތީ ދަރިފުޅާއެކު ކުޅެ ނުލެވޭ ކަމަށް ފާއިޒް ބުންޏެވެ. ކުރިން ލީ ހެދުންތައްވެސް ނުލެވޭ ކަމަށާއި ޕްލަސް ސައިޒްގެ ހެދުންތައް ގަންނަން ޖެހުމުން ބަރުދަން ލުއިކުރަން މަސައްކަތް ފަށަންވީކަމަށް ވިސްނުނު ކަމަށް ފާއިޒް ބުންޏެވެ.
ހެނދުނުގެ ނާސްތާ:
ދެ އިދްލީސް އަދި 30 މިނެޓް ފަހުން ގްރީން ޓީއެއް.
މެންދުރުގެ ނާސްތާ:
ކެރެޓާއި ކިއުކަމްބާ އަދި ބީޓްރޫޓް ހިމެނޭ ސެލެޑް އަދި އެއް ޗަޕާތީ
ރޭގަނޑުގެ ނާސްތާ:
250 ގްރާމް ޗިކަން ބްރެސްޓް. އަދި ކެރެޓާއި ކިއުކަމްބާ އަދި ބީޓްރޫޓް ހިމެނޭ ސެލެޑް
ކަސްރަތުގެ ކުރިން:
ލިނބޯ ފަނިތައްޓެއް
ކަސްރަތަށް ފަހު:
5 ބިސް (މީގެ ތެރެއިން ހަތަރު ބިހުގެ ހަމައެކަނި ހުދުބައި) އަދި 20 އަލްމަންޑް
ފާއިޒް ބުނި ގޮތުގައި އޭނާ ގިނައިން ކެއީ ޕްރޮޓީން އިން މުއްސަނދިވެފައިވާ ކާނާއެވެ. އަދި ފައިބާ ހިމެނޭ މޭވާއެވެ. އާފަލާއި އޮރެންޖް ފަދަ މޭވާ ކާ ކަމަށް އޭނާ ބުންޏެވެ.
ހަފުތާއަކު ފަސް ދުވަހު ކަސްރަތު ކުރުން ކުރިއަށް ގެންދިޔަ ފާއިޒް ބުނި ގޮތުގައި އޭނާ ކަސްރަތު ކުރަނީ ހެނދުނެވެ. 30 މިނެޓް ވަންދެން ވެއިޓް ޓްރެއިނިން ކުރިއަށް ގެންގޮސް 30 މިނެޓް ވަންދެން ދުވެ ކަސްރަތު ކުރި ކަމަށް އޭނާ ބުންޏެވެ.
ފަލަބާކީ
ބާގާ އެއް ފިލުވާ ނުލާ ހަމަ ނިދިވެސް ނުލިބެޔޭ