ވަންޕްލަސް ފޯނުގެ ފޭނެއް ޓެގް ކޮށްލާ!

ކޮންމެ އަހަރެއްގައިވެސް ވަންޕްލަސް ބްރޭންޑްގެ ދެތިން ފޯނެއް ނެރެއެވެ. ނަމަވެސް މިއަހަރު މިއީ އެއް ފޯނެއްގެ ދެވައްތަރެއް އެންމެ ފުރަތަމަ އިއުލާނު ކުރި ފަހަރެވެ. އެއީ ވަންޕްލަސް 7ޓީ ގެ ވަންޕްލަސް 7ޓީ ޕްރޯ އެވެ. ސެޕްޓެމްބަރު މަހުގެ 26 ވަނަ ދުވަހު ރަސްމީކޮށް އިއުލާނުފައި ވާއިރު، 7ޓީ ޕްރޯ ރަސްމީކޮށް އިއުލާނު ކުރަނީ މިމަހުގެ 10 ވަނަ ދުވަހުއެވެ.

ވަންޕްލަސް 7ޓީ ޕްރޯ ގައި ހުންނަ ފީޗާތައް އަދި ޔަގީން ނުވާއިރު، ތުންތުންމަތިން ދެކެވޭ ވާހަކަތަކެއް އެބަހުއްޓެވެ. އެއްފޯނެއްގެ ދެވައްތަރެއް އިއުލާނު ކުރާއިރު ތަފާތު ތަކަކާއި އެއްގޮތް ކަންތަކެއްވެސް ހުންނާނެއެވެ. އެއްގޮތް ކަންތަކުގެ ތެރޭގައި ޕްރޮސެސާ، ރެމް، ސޮފްޓްވެއާ، ކުރިމަތީ ކެމެރާ، އާއި އިން-ޑިސްޕްލޭ ފިންގާޕްރިންޓް ސެންސަރު ހިމެނެއެވެ.

މި ދެފޯނުގެ ޑިޒައިންގައި ހުރި އެންމެ ބޮޑު ތަފާތަކަށް ވާނީ ފޯނުގެ ފަހަތު ކެމެރާގެ ޑިޒައިންގެ ތަފާތެވެ. 7ޓީ ގައި ވަށް ޑިޒައިންއަކަށް ކެމެރާތައް އަތުރާފައިވާއިރު، 7ޓީ ޕްރޯގައި ކެމެރާތައް އަތުރާފައިވަނީ ދިގަށެވެ. މި ދެފޯނުގައިވެސް ފަހަތުގަައި ތިން ކެމެރާ ހުރެއެވެ. 7ޓީ އަށްވުރެ 7ޓީ ޕްރޯ 0.10 އިންޗި ދިގުވާނެއެވެ.

ވަންޕްލަސް 7ޓީ ގައި 3800މއހ ބެޓެރިއެއް ހިމެނޭއިރު 7ޓީ ޕްރޯގައި ވަނީ 4800މއހ ބެޓެރިއެކެވެ. 7ޓީ ފޯނުގައި ދެ ވަރެއްގެ ސްޓޯރޭޖް އަކާއި އެކު ފޯނު ނެރޭއިރު 7 ޓީ ޕްރޯގައި ނުކުންނަނީ ހަމައެކަނި 256 ޖީބީ ސްޓޯރޭޖް އެކެވެ. 7ޓީ ގައި 128 ޖީބީ އާއި 256 ޖީބީ ފޯނު ހުންނާނެއެވެ.

ވަންޕްލަސް ބެރޭންޑަކީ އެއްވެސް ޝައްކެއްނެތް ގޮތުގައި މިހާރު އެންމެ މޮޅު އެއް ބްރޭންޑެވެ. މި ބްރެންޑްގެ ފޯނުތަކުގެ ކެމެރާ ކޮލެޓީ އެންމެ ފުރަތަމަ ފޯނުން ފެށިގެންވެސް އައިފޯނުގެ ކޮލެޓީއާއި ދާދި އެއްފެންވަރެއްގައި ހިފަހައްޓާލިއެވެ.