މިއަހަރު ނެރޭ އައިފޯނު ހުންނާނެ ގޮތް ކަމަށް ބުނެ ދައުރުވާ ފޮޓޯއެއް

ސެޕްޓެމްބަރު ފެށެނީ، އައިފޯނުގެ އިންތިޒާރުގައިތަ؟

ކުރިއަށް އޮތީ ސެޕްޓެމްބަރު މަހެވެ. ފާއިތުވި ހަ އަހަރުގެ ތާރީހަށް ބަލައިލާއިރު އެޕަލް ކުންފުނިން، އެ ކުންފުނީގެ އާ އައިފޯނުތައް ދައްކާލާފައިވަނީ ކޮންމެ އަހަރެއްގެވެސް ސެޕްޓެމްބަރު މަހުއެވެ.

އެޕަލްގެ ފޭނުން މިހާރު އިންތިޒާރު ކުރަމުން ދަނީ، އެޕަލް އިން މިއަހަރު ބާޒާރަށް ނެރޭނެ ފޯނަށެވެ. އާ އައިފޯނު ނެރޭ ދުވަސް ކައިރިވަމުން އަންނަ ވަރަކަށް އަބަދުވެސް، އެފޯނުގެ ފީޗާސްތަކާއި ބެހޭ ގޮތުން އަބަދުވެސް އަޑު ފެތުރެމުންދެއެވެ.

ޓެކްނޮލޮޖީގެ ވެށީގައި ދެކެވޭ ވާހަކަތަކަށް ބަލައިލާއިރު، މިފަހަރު އެޕަލް ކުންފުނިން އައިފޯނުގެ ހަތަރު މޮޑެލްއެއް ނެރޭނެ ކަމަށް ބެލެވެއެވެ. އެއީ، އައިފޯން 11، 11 ޕްރޯ، 11 އާރް އަދި 11 މެކްސް އެވެ.

އަވަސް ކަޅިއެއް:

މިފަހަރު 5ޖީ ތަ؟

މުވާސަލާތީ ހިދުމަތް ދޭ ބައެއް ކުންފުނިތަކުން 5ޖީ ތައާރަފުކުރުމުގެ މަސައްކަތް ކުރަމުންދިޔަ ނަމަވެސް މިއަހަރުގެ އައިފޯނުގައި 5ޖީ ނުހިމޭނެ ކަމަށް ދިރާސާ ކުރާ ފަރާތްތަކުން ބުނެއެވެ.

ތުންތުންމަތިން ވާހަކަ ދެކެވޭ ގޮތުގައި އެޕަލް އިން މިއަހަރު ނެރޭ ފޯނުގެ ޕްރޮސެސާ ބޮޑުތަނުން ހަލުވިވާނެއެވެ. ރިވާސް ވަޔަލެސް ޗާޖިން ފީޗާ މިއަހަރުގެ ފޯނުގައި ހިމެނޭއިރު ބެޓްރީގެ ޗާޖު ގިނައިރު ހިފަހައްޓާނެ ކަމަށް ތުންތުންމަތިން ވާހަކަ ދެކެވެއެވެ.