އުފާވެރި ދިރިއުޅުމެއް ބޭނުންތަ؟

އުފާވެރި ދިރިއުޅުމެއް ބޭނުން ނުވާނީ ކާކު ހެއްޔެވެ؟ ކޮންމެ މީހަކުވެސް ބޭނުންވާނީ އުފާވެރި ދިރިއުޅުމެކެވެ.

ހިތްހަމަޖެހޭ އުފާވެރި ދިރިއުޅުމެއް ލިބިދާނެއެވެ. މިކަމަށްޓަކައި ދިރިއުޅުމަށް ބައެއް އާދަތައް ގެނެސް ބައެއް އާދަތަކާއި ދުރުވާން ޖެހޭނެއެވެ. މިއީ ކުރަން އެހާ އުނދަގޫ ކަމެއް ނޫނެވެ.

އެންމެ ފުރަތަމަވެސް ދީނީ ކަންކަމަށް ސަމާލުކަންދޭށެވެ. އެއަށްފަހު މިއީ ދެން ސަމާލުކަންދޭވީ ބައެއް ކަންތައްތަކެވެ.

މާޒީ

ކޮންމެ މީހެއްގެ މާޒީގައިވެސް ކުށެއް ނުވަތަ ގޯހެއް ހެދިފައި އޮވެދާނެއެވެ. އެއީ ދިރިއުޅުމެވެ. ނަމަވެސް ގަބޫލުކުރަން ޖެހޭ ކަމަކީ އެކަން އެވަނީ މާޒީވެ ގޮސްފައިކަމެވެ.

ތިމާއަށް ހެދުނު މިސްޓޭކް އަބަދު ސިކުނޑީގައި ހަރުލާފައި ހުރިޔަ ނުދޭށެވެ. އެ މިސްޓޭކުން އިބުރަތް ލިބިގަނެ ކުރިއަށް ދިޔުމަށް މަސައްކަތް ކުރާށެވެ. މީހަކާމެދު ގޯސްކޮށް އަމަލެއް ކުރެވިފައިވާނަމަ އެމީހެއްގެ ކިބައިން މައާފަށް އެދޭށެވެ. މާޒީގައި ކުރެވިފައިވާ ކަމަކުން ތިމާގެ މުޅި ދިރިއުޅުމުގެ އުފާވެރިކަން ނަގާ ނުލާށެވެ.

ކަންކަމާމެދު ކަންބޮޑުވުމާއި ވިސްނުން ދޫކޮށްލާ

ދިރިއުޅުމުގެ ކަންކަމާމެދު ވިސްނާ ފިކުރު ކުރަން ޖެހޭނެއެވެ. ނަމަވެސް މާބޮޑަށް ވިސްނައި، ފިކުރުކުރާނަމަ އެއީ "ބޮލުގައި ރިހުމަކަށް" ވެދާނެއެވެ. މިގޮތަށް ކަންކަމާމެދު ވިސްނާ ފިކުރު ކުރާނަމަ އަބަދުވެސް ހުންނާނީ ވިސްނާ ފިކުރު ކުރަން ޖެހޭ ކަންކަމެވެ. އަބަދުވެސް ކަންކަމާމެދު ޕޮޒިޓިވްކޮށް ވިސްނާށެވެ.

ހަސަދަވެރިކަން ދޫކޮށްލާ

ހަސަދަވެރިވުމަކީ ގޯހެކެވެ. އެހެން މީހުންނަށް ލިބޭ ކާމިޔާބީއާމެދު ހަސަދަވެރި ނުވާށެވެ. އެހެން މީހުންނަށް ލިބޭ މިފަދަ ކާމިޔާބީއާމެދު ތިމާ ހަސަދަވެރިވާނަމަ ތިމާގެ ދިރިއުޅުމަށް އުފާވެރިކަމެއް ނުލިބޭނެއެވެ.

ތިމާ އާއި އެހެން މީހުންނާ އަޅާކިޔުން ދޫކޮށްލާށެވެ. ތިމާގެ ދިރިއުޅުމާއި ތިމާ ތި ހަސަދަވެރިވާ މީހާގެ ދިރިއުޅުމުގެ ހާލަތު، މާޒީ، އަދި އެހެން ހުރިހާ ކަމެއްވެސް ތަފާތެވެ.