މެޓަގެ އާމްދަނީ އިތުރުވެއްޖެ

ފޭސްބުކް އަދި އިންސްޓަގްރާމްގެ ބެލެނިވެރި ކުންފުނި މެޓާއަށް މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި ލިބޭނެ ކަމަށް އުންމީދުކުރި ވަރަށްވުރެ ލިބުނު ފައިދާ އިތުރުވެއްޖެ އެވެ.

މެޓާ ކުންފުނިން ގިނަ އަދަދެއްގެ މުވައްޒަފުން ކަނޑާލާފައިވާއިރު އެކަމުން އާމްދަނީއަށް އަސަރުކުރާނެ ކަމަށް ބެލެވުނު ނަމަވެސް ފުރަތަމަ ކުއާޓަރުގައި 5.7 ބިލިއަން ޑޮލަރު ވަނީ ފައިދާވެފަ އެވެ.

އާމްދަނީގެ ގޮތުގައި ފުރަތަމަ ކުއާޓަރުގައި 28 ބިލިއަން ޑޮލަރު ލިބުނުއިރު ފޭސްބުކް ބޭނުންކުރާ މީހުންގެ އަދަދު ހުރީ ތިން ބިލިއަނުން މަތީގަ އެވެ.

ކުންފުނީގެ ޗީފް އެގްޒެކެޓިވް މާކް ޒަކަބާގް ވިދާޅުވީ މެޓަގެ ކޮމިއުނިޓީ ބޮޑުވަމުން އަންނަ ކަމަށެވެ.