ޑޮކްޓަރުން ލަފާދެނީ ހެޑްފޯނު ބޭނުން ނުކުރުމަށް

ހެޑްފޯނަކީ ބާޒާރުގައި އެންމެ ހިނގާ އެއް އުފެއްދުމެވެ. ވަށައިގެންވާ މާހައުލުގައިވާ އަޑުތައް އިވުނަ ނުދޭން، ހެޑްފޯނު ބޭނުންކޮށްގެން އަޑު ބާރުކޮށް ލަވަ ޖަހާ މީހުން މަދެއް ނޫނެވެ.

ހަގީގަތަކީ ހެޑްފޯނުން ވަރަށް ގިނަ ގެއްލުންތައް ލިބޭ ކަމެވެ. އެސްޓާ ސީއެމްއައި ހޮސްޕިޓަލުގެ އީއެންޓީ ޑޮކްޓަރެއް ކަމަށްވާ ގިރިޝް އަނަންދް ވިދާޅުވި ގޮތުގައި ގިނަ ވަގުތު ހެޑްފޯންއިން، ގަދަ މިއުޒިކް އަޑުއަހާނަމަ އަޑުއިވުމުގެ ހިއްސަށް ގެއްލުން ލިބެއެވެ. އަދި ޓިނިޓަސް ޖެހެއެވެ.

"މިހެން ދިމާވަނީ މުޅިން ހެޑް ފޯނުގެ ސަބަބަކުން ނޫން. ކަންފަތަށް އެކަށީގެން ނުވާ ވަރުގެ ގަދަ އަޑެއް އިވުމުން" ޑޮކްޓަރު ގިރިޝް ވިދާޅުވިއެވެ.

ޓިނިޓަސްއަކީ ކަންފަތުގެ ނާރަށް ގެއްލުންވުމުގެ އަލާމާތެކެވެ. ހެޑްފޯން ބޭނުން ކުރުމުން ކަންފަތް ވަށައިގެން ބަންދުވެފައި ހުންނައިރު، ހެޑްފޯނުން ފޮނުވާ ބާރު އަޑުގެ ސަބަބުން ކަންފަތުގެ ތޫރިއަށް ޕްރެޝަރު ކުރެއެވެ. މި މައްސަލަ ކުރިމަތިވެގެން ކުރީކޮޅު ފަރުވާ ނުހޯދައިފިނަމަ ދާއިމީ ގޮތުން ނާރުތައް ހަލާކުވެގެންދެއެވެ.

ކުރީކޮޅުގައި ޓިނިޓަސް އަށް ފަރުވާ ނުހޯދުމުގެ ސަބަބުން ކަންފަތުގައި ދާއިމީކޮށް އުނދަގޫ އަޑުތަކެއް ހަރުލާފައި ހުރެއެވެ. މިކަމުގައިވެސް ކުރީކޮޅު ފަރުވާ ހޯދިއްޖެނަމަ މި އަޑު އިވުން މަދު ކުރެވިދާނެއެވެ. ނުވަތަ މި ބައްޔަށް މުޅިން ހައްލެއް ލިބިދާނެއެވެ.

މި ބަލީގެ އަލާމާތްތަކުގެ ތެރޭގައި، "ޒީން" އަޑު ކަހަލަ އަޑުއަޑު އިރުއިރު ކޮޅުން އިވުން ހިމެނެއެވެ. ބައެއް ފަހަރު ނިދަން އުނދަގޫވުމަކީވެސް މެދުވެރިވެދާނެ ކަމެކެވެ.

ޓިނިޓަސްގެ ސަބަބުން ބޯ އަދި ކަރުގައި ޓިއުމަރު އުފެދުމުގެ ފުރުސަތު އޮވެއެވެ. އޭގެ އިތުރަށް ލޭގެ ޕްރެޝަރު މަތިވުމާއި ތައިރޮއިޑަށް މަގުފަހިކުރުވައެވެ.