އެލަން ރިކްމަންގެ ޑައިރީތައް ފޮތެއްގެ ގޮތުގައި ނެރެނީ
އެކްޓަރު އެލަން ރިކްމަންގެ އަމިއްލަ ޑައިރީތައް، ފޮތެއްގެ ގޮތުގައި ނެރުމަށް ނިންމައިފިއެވެ.
ހެރީ ޕޮޓާ ފްރެންޗައިޒްގެ ފިލްމްތަކުގައި ޕްރޮފެސާ ސްނޭޕްގެ ރޯލު ކުޅުނު އެކްޓަރު އެލަން، 27 ޑައިރީއެއް ލިޔެފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.
ރިޕޯޓްތައް ބުނާ ގޮތުން، އެލަން ޑައިރީ ލިޔަން ފެށީ 1990 ގެ ކުރީކޮޅުގައެވެ. 25 އަހަރު ވަންދެން އެލަން ޑައިރީ ލިޔެފައިވާއިރު އެ ޑައިރީތަކުގައި އެލަންގެ އަމިއްލަ ދިރިއުޅުމުގެ ވާހަކަތަކާއި ކެރިއަރުގެ ވާހަކަތައް ލިޔެފައިވެއެވެ. އެލަންގެ ޑައިރީތަކުން މުހިންމު ވާހަކަތައް ހިމަނައިގެން ނެރޭނީ އެއް ފޮތުގެ ގޮތުގައެވެ. މި ފޮތް ނެރުމަށް ހަމަޖެހިފައިވަނީ 2022 ވަނަ އަހަރުއެވެ.
އެކްޓަރު އެލަން މަރުވީ ކެންސަރު ބަލީގައި 2016 ވަނަ އަހަރުއެވެ.